
އެމްޑީޕީ އިން އަންނަ އޮކްޓޯބަރު މަހުގައި ސިލްސިލާ މުޒާހަރާތަކެއް ކުރަން ނިންމައިފި

މުޙައްމަދު ފަޟްލޫން - 02 ސެޕްޓެމްބަރު 2025 - 12:40
އެމްޑީޕީ އިން އަންނަ އޮކްޓޯބަރު މަހުގައި ސިލްސިލާ މުޒާހަރާތަކެއް ކުރަން ނިންމައިފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ޖަލްސާގައި މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިގު ވަނީ ގަރާރެއް ހުށަހަޅުއްވާފައެވެ.
މި ގަރާރަށް އަމަލުކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފައިވާއިރު ގަރާރަށް ހޯރަފުށީ ދާއިރާގެ ރައީސް އަދި ކުރީގެ މަޖިލިސް މެމްބަރު އަހްމަދު ސަލީމް ވަނީ ތާއީދުކުރައްވާފައެވެ.
ގަރާރު ހުށަހަޅުއްވަމުން މަނަދޫ ދާއިރާގެ ރައީސް މުހައްމަދު ތޯރިގް ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ހަލާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
އިގްތިސާދީ ސިޔާސަތުތަކަށް ގެނައި ބަދަލާއި އެކަމަށް އައްޔަން ކުރި މީހުންގެ ސަބަބުން މިއަދާ ހަމައަށް ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ ދިރިއުޅުމުގެ އަގު ބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކޮށް، މިނިވަން މުއައްސަސާތައް ސަރުކާރުގެ ދަށަށް ގެނައުމާއި ލާމަރުކަޒީ ނިޒާމު ފުނޑާލާ ކައުންސިލްތަކުގެ ބާރު ކަނޑުވާލާ، މީޑިއާތައް ނައްތާލުމަށް މަސައްކަތް ކުރާތީ އަސާސީ ހައްގުތައް ގެއްލުވާލަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު ނިކުންނަނީ އެމްޑީޕީން ކަމަށް ވެސް ތޯރިގް ވިދާޅުވިއެވެ.
އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު މުޒާހަރާތައް ފަށައި ސަރުކާރު ހަމަމަގަށް ގެންދިޔުމުގެ މަސައްކަތް ކާމިޔާބުވުމާއި ހަމައަށް އިހްތިޖާޖުތައް ސިލްސިލާކޮށް ކުރިއަށްދާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.
ސަރުކާރު ހަމަމަގަށް އަޅުވާ، ސަރުކާރުން ބޭނުންހާ ގޮތަކަށް ކަންތައްތައް ކުރިއަށް ގެންދިޔުމަށް ފުރުސަތު ނުދޭނެކަމަށް ވެސް އެމްޑީޕީ މެމްބަރުން ވަނީ ބުނެފައެވެ.
އިދިކޮޅު އެމްޑީޕީގެ ފަރާތުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނަމުގައި ދޭތެރެ ދޭތެރެއިން ޖަލްސާ ތަކާއި އެއްވުންތައް ދަނީ ބާއްވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން