logo

ޔޫތް މިނިސްޓްރީގެ ކޯލް ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފައްޓައިފި

profile

އާމިނަތު ޝަޒްލާ - 19 ޖުލައި 2026 - 07:37

މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، ސްޕޯޓްސް، އެންޑް ފިޓްނަސްގެ ކޯލް ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފައްޓައިފިއެވެ.

https://wamco.com.mv/

ކޯލް ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، ސްޕޯޓްސް، އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢުއެވެ.

މި ޚިދުމަތް ގާއިމްކުރުމާއެކު މިނިސްޓްރީގެ ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް ލުއިފަސޭހަ ވެގެންދާނެއެވެ. މިގޮތުން އެފަރާތެއް ބޭނުންވާ ޑިޕާޓްމަންޓަކާ ސީދާ ގުޅައި ބޭނުންވާ މަޢުލޫމާތު ސާފުކުރުމަށް މަގުފަހިވެގެން ދާނެއެވެ.

މިނިސްޓްރީގެ ކޯލް ސެންޓަރގެ ނަންބަރަކީ 3347300 އެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށް މިނަންބަރަށް ގުޅާ ޚިދުމަތް ހޯދޭނެއެވެ. އަދި އޭގެ އިތުރުން ބަންދުގަޑިތަކުގައިވެސް ޚިދުމަތް ހޯދުމަށް މި ނަމްބަރ ބޭނުން ކުރެވޭނެއެވެ.

މި ކޯލް ސެންޓަރުގައި ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްފައިވާއިރު އެ ސިސްޓަމުގެ ކޮންމެ ކޯލެއް ލޮގްކުރެވިގެން ދާނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk