logo
ރަސްމާލެ

ރަސްމާލެ

ރަސްމާލެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންޓެއް ހޯދުމަށް އިޢުލާނުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 30 ޖޫން 2026 - 07:54

ރަސްމާލެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ބޭނުންވާ ކޮންސަލްޓަންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން އިޢުލާނުކޮށްފިއެވެ.

https://wamco.com.mv/

ފުށިދިއްގަރު ފަޅުން 1010 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ މި ބިޔަ މަޝްރޫޢުގެ ތެރެއިން، މިހާތަނަށް 500 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިއްކައި ވަނީ ނިންމާފައެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ރަސްމާލެއިން 200,000 ހައުސިންގ ޔުނިޓްގެ ބޯހިޔާވަހިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމެވެ.

މި ކޮންސަލްޓަންސީގެ މަސައްކަތްތަކުގެ ތެރޭގައި ބޭސްލައިން ސްޓަޑީ ހެދުމާއި، އަރބަން ޑިވެލޮޕްމަންޓް ފްރޭމްވޯކް އެކުލަވާލުމުގެ އިތުރުން، ބިން ބޭނުންކުރާނެ ގޮތުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުން ހިމެނެއެވެ.

މީގެ އިތުރުން، ހިއްކާ ބިން ހިމާޔަތްކުރުމާއި، ކަމާގުޅުންހުރި އެކި އިދާރާތަކާ ގުޅިގެން ތަރައްޤީގެ މަސައްކަތްތައް ތަރުތީބުކޮށް ކުރިއަށްގެންދާނެ ގޮތުގެ އުސޫލުތައް މި މަސައްކަތުގެ ދަށުން ކަނޑައެޅިގެންދާނެއެވެ.

ރަސްމާލެ ތަރައްޤީކުރެވެމުންދަނީ ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި "އިކޯ-ސިޓީ" އެއްގެ ގޮތުގައެވެ.

ރަސްމާލެ އަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މުޅިންވެސް އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެންނެވެ.

މި މަޝްރޫޢުގެ މާސްޓަރ ޕްލޭންގެ ދަށުން، އަސާސީ ޚިދުމަތްތަކާއި ދަތުރުފަތުރުގެ ނިޒާމު ފަރުމާކުރުމުގައި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެފަދަ ވަސީލަތްތަކާއި އިންތިޒާމުތައް ޤާއިމުކުރުމަށް ހާއްސަ އިސްމަކެއް ދީފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk