.jpg&w=3840&q=75)
"ނިލަންދޫގެ ރަން އެއާޕޯރޓް" މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ދާނެ: ރައީސް

ރިޟްވާން މޫސާ - 03 ޖޫން 2026 - 10:48
ފ.ނިލަންދޫގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓަކީ އެރަށުގެ ރައްޔިތުންނާއި އެރަށުގެ ތަރައްގީގެ އިތުރުން ވެސް ދ.އަތޮޅުގެ ގިނަ ރައްތަކުގެ އުންމީދާއި ގުޅިފައިވާ ތަރައްގީގެ ބޮޑު މަޝްރޫއެކެވެ.
ނިލަންދޫގެ ރައްޔިތުން ވަނީ މީގެ އެތައް އަހަރުތަކެއް ކުރިން ވެސް ވަނީ އެއާޕޯޓެއްގެ ހުވަފެން ފެނި ރަންވޭ އަށް ބޯޓު ޖައްސައި އެމަންޒަރުތަކަށް އަމަލީ ސިފައެއް ނުލިބި އޮތް ކަމުގައި ވިނަމަވެސް އެކަންކަން ސިފަކޮށްފަ އެވެ.
ނިމިގެންދިޔަ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އެމަނިކުފާނަށް ސުޕަ މެޖޯރިޓީ ކައުންސިލާއި، ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ހިތަކަށް ދީގެން ރައީސް ޔާމީންގެ އެންމެ އަރިސް އެއް ރަށުގެ ގޮތުގައި އޮން ނިލަންދޫގެ މުޅި ރައްޔިތުންނަށް އެއާޕޯޓެއްގެ ހުވަފެން އެމަނިކުފާނު ވެރިކަން ނިމެންދެންވެސް ދައްކަމުން ދިޔަ އެވެ. ނަންނަމުގައި ރަސްމިއްޔާތުތައް ބާއްވައި ސޮއިކޮށް ފައިސާ ދިން ވާހަކަ ވެސް ދެއްކެވި އެވެ. ނަމަވެސް އާހިރު ނަތީޖާ ގައި ނިލަންދޫގައި ކުރަން ބުނި އެއްވެސް ކަމަކަށް އިޖާބަވެސް ނުދީ ހޭވެސް އަހައި ނުލައި ވެރިކަމުން ނިމި އެދުވަސްތައް މާޒީވެ ދިޔައީ އެވެ.
ފ.ނިލަންދޫ
ނިލަންދޫ ރައްޔިތުންގެ އުންމީދުގެ ހުޅުކޮޅު އާކޮށްދިނީ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިލަންދޫ އަށް ވަޑައިގަތުމާއި ހިސާބުންނެވެ. ރައީސް މުއިއްޒު ނިލަންދޫ އަށް ވަޑައިގަތުމާއެކު އެރަށުގައި ކުރަން ހުރި މުހިންމު މަސައްކަތްތައް ވެސް ބައްލަވާލެއްވި އެވެ. އަދި ނިލަންދޫގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ އެއާޕޯޓެއްގެ މަސައްކަތް ވަރަށް އިސްކަމެއްގެ ގޮތުގައި ބާއްވައިގެން ކުރައްވައިދެއްވާނެ ކަމަށް ވައުދުވެލެއްވި އެވެ.

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ހަލުވި ދުވެއްޔެއްގަ އެވެ. ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްތައް ކުރިއަށްދާއިރު ރައީސުލް ޖުމްހޫރިއްޔާ ވަނީ އެންމެ ގިނަ ވެގެން 30 މަސްދުވަހުގެ ތެރޭގައި ނުވަތަ ދެ އަހަރާއި ބައިގެ މުއްދަތެއްގެ ތެރޭގައި މި މަސައްކަތް ނިންމައި ޙިދުމަތް ފަށްޓަވައިދެއްވާނެ ކަމަށެވެ. ނަމަވެސް މިހާރު މިވަނީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކައި ނިމުމަށްފަހު މަސައްކަތް ހުއްޓިފަ އެވެ. ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެލެއްވީ މި މަސައްކަތް ހުއްޓައި ނުލައްވައި ކުރިއަށް ގެންދަވާނެ ކަމުގަ އެވެ.

މި މަސައްކަތަކީ ނިލަންދޫގެ ކުރިމަގާއި ތަރައްގީ އާއި ނުހަނު ގުޅިލާމެހިފައިވާ މަސައްކަތަކަށް ވާއިރު އެރަށުގެ ރައްޔިތުންގެވެސް މިކަމުގައި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. މަސައްކަތް ނުކުރެވި ލަސްވަމުންދާތީ ރައްޔިތުންގެ މިއަދު ތިބީ މާޔޫސް ކަމެއްގެ ތެރޭގަ އެވެ. ނަމަވެސް ރައްޔިތުންގެ އުންމީދެއް ކަނޑައެއް ނުލައްވަ އެވެ.
ރައީސް އެ ވިދާޅުވެލެއްވެވި ފަދައިން އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާނެ އެވެ. އަދި މި މަސައްކަތް ނިންމުމަށް އޮތް މުއްދަތުވެސް ހަމަވީކީ ނޫނެވެ. މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގައި ދަތިތަކެއްވެސް ހުރިކަމަށް ގަބޫލުކުރަންވެސް ވާނެތާ އެވެ. މި ސަރުކާރާއެކު ނިލަންދޫ އޮތް ސުޕަ މެޖޯރިޓީ އަދިވެސް އެބަ އޮތެވެ. ގޮތް ނިންމާނީ ތިޔަ ރައްޔިތުންނެވެ.
ގުޅުން ހުރި ޙަބަރުތައް
ވަތަނީ ޙިދުމަތުގެ ދެވަނަ ބެޗަށް ދަރިވަރުން ކިހާދުއަށް ފުރައިފި
8 ގަޑިއިރު ކުރިން

"ފ.ނިލަންދޫ އެއާޕޯޓް މަސައްކަތް" ރައީސް ދެއްވީ ފިނި ޖަވާބެއް!
2 ދުވަސް ކުރިން

ސިނގިރޭޓް ގެ މައްސަލައިގައި ގެންނަން ޖެހޭ ބަދަލުތައް ގެންނާނަން: ރައީސް
2 ދުވަސް ކުރިން

މަޖިލީހުގެ ނައިބު ރައީސަކަށް މެންބަރު ސަލީމް
2 ދުވަސް ކުރިން


.gif&w=3840&q=75)