ވަތަނީ ޙިދުމަތުގެ ދެވަނަ ބެޗަށް ދަރިވަރުން ކިހާދުއަށް ފުރައިފި

ރިޟްވާން މޫސާ - 03 ޖޫން 2026 - 09:01
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބެޗް ފުރިހަމަ ކުރި ޒުވާނުންގެ ތެރެއިން، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވުމަށް ކުރިމަތިލި ބައިވެރިން ބ. ކިހާދޫ އަށް ފުރައިފި އެވެ.
ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ޚާއްޞަ ތަމްރީނު ޕްރޮގްރާމެކެވެ. މީގެ ތެރެއިން 18 އަހަރު ނުފުރޭ ކުދިން ބައިވެރިވާން އެދޭނަމަ، ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމާއި، ކުއްޖާގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހެއެވެ.
މި ހަރަކާތްތައް ހިންގަނީ ބ. ކިހާދޫގައި ޤާއިމު ކޮށްފައިވާ އެމް.އެން.ޑީ.އެފްގެ ސްކޫލް އޮފް އިންޖިނިއަރިން އެންޑް ލޮޖިސްޓިކްސް އިންނެވެ.
މި ތަމްރީނު ތަކުގެި ރާއްޖޭގެ 17 އަތޮޅެއްގެ 50 ރަށަކަށް ނިސްބަތްވާ، 16 އަހަރާއި 19 އަހަރާއި ދެމެދުގެ 77 ޒުވާނުން ބައިވެރިވެ އެވެ.
ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދީގެން ކުރިއަށް ގެންދާ މި ތަމްރީނުތަކަށް ބެލެނިވެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު މި ތަމްރީނު ތަކުގައި ތަފާތު 6 ފަންނީ ދާއިރާތަކުން ތަމްރީނު ފުރިހަމަކުރުމުގެ ފުރުޞަތުލިބިގެން ދާނެ އެވެ.
މި ތަމްރީނު ތަކަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކޮށްލެވެ އެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
"ނިލަންދޫގެ ރަން އެއާޕޯރޓް" މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ދާނެ: ރައީސް
6 ގަޑިއިރު ކުރިން

"ފ.ނިލަންދޫ އެއާޕޯޓް މަސައްކަތް" ރައީސް ދެއްވީ ފިނި ޖަވާބެއް!
2 ދުވަސް ކުރިން

ސިނގިރޭޓް ގެ މައްސަލައިގައި ގެންނަން ޖެހޭ ބަދަލުތައް ގެންނާނަން: ރައީސް
2 ދުވަސް ކުރިން

މަޖިލީހުގެ ނައިބު ރައީސަކަށް މެންބަރު ސަލީމް
2 ދުވަސް ކުރިން


.gif&w=3840&q=75)