logo

މަޖިލީހުގެ ނައިބު ރައީސަކަށް މެންބަރު ސަލީމް

profile

ރިޟްވާން މޫސާ - 01 ޖޫން 2026 - 08:38

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އިންތިޚާބު ކޮށްފިއެވެ.

https://wamco.com.mv/

ނައިބު ރައީސް ކަމަށް މެންބަރު ސަލީމް އިންތިޚާބު ކޮށްފައިވަނީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ.

މަޖިލީހުގެ ނައިބްރައީސްގެ މަގާމަށް މީހަކު މިއަދު އައްޔަން ކޮށްފައި ވަނީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ނާޒިމް އިސްތިއުފާ ދެއްވާފައި ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ ހުރިހައި މެންބަރުންގެ އިއްތިފާގުން ނާޒިމް ވަކިކުރަން ނިންމާފައި ވަނިކޮށް ޖަލްސާގައި ނާޒިމް ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރުމުގެ ކުރިން ނާޒިމް ވަނީ އެމަނިކުފާނު ނައިބްރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާނުކޮށްފަ އެވެ.

ނައިބު ރައީސްކަމުގެ މަގާމަށް ހުށަހަޅައި ތާއީދު ލިބުނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދަށެވެ. ނައިބު ރައީސް ހޮވުމަށް ނެގި ސިއްރު ވޯޓުން އެ މަޤާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހޮވިފައިވަނީ 62 ވޯޓުންނެވެ. ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދަށް ލިބިވަޑައިގެންނެވީ 10 ވޯޓެވެ.

އިންތިޚާބީ ކޮމެޓީގައި ހިމެނިވަޑައިގެންނެވީ

* މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް
* ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު
* ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް
* ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިމް
* ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހައްނާން

މަޖިލީހުގެ ނައިބު ރައީސް ކަމަށް އިންތިޚާބު ވެވަޑައިގެންނެވި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ އިންތިޚާބު ވެވަޑައިގެންނެވީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން މެންބަރު ސަލީމް ވަނީ 2014 ވަނަ އަހަރާއި 2019 އަހަރު އަދި 2024 ވަނަ އަހަރުވެސް މެންބަރުކަމަށް އިންތިޚާބު ވެވަޑައިގެންފައެވެ. މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރު ސަލީމް އިންތިޚާބު ވެވަޑައިގަތީ ޕީޕަލް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ މެންބަރެއްގެ ގޮތުގައެވެ.

މެންބަރު ސަލީމަކީ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު 2 ވަނަ ނައިބު ރައީސެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk