logo

"ފ.ނިލަންދޫ އެއާޕޯޓް މަސައްކަތް" ރައީސް ދެއްވީ ފިނި ޖަވާބެއް!

profile

ރިޟްވާން މޫސާ - 01 ޖޫން 2026 - 14:02

ފ.ނިލަންދޫގައި ސަރުކާރުން ތަރައްގީ ކުރާ އެއާޕޯޓުގެ މަސައްކަތް މިވަގުތު ހުއްޓިފައި އޮތަސް އަވަސް މުސްތަގުބަލެއްގައި މި އެއާޕޯޓްގެ މަސައްކަަތް ނިންމައި ރައްޔިތުންނަށް ޙިދުމަތް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ކުރެއްވެވި ބައްދަލުވުމުގައި އަސްލުޓީވީގެ ނޫސްވެރިޔާ ކުރެއްވެވި ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ނިލަންދޫ އެއާޕޯޓްގެ މަސައްކަތް މިވަގުތު އަމަލީ މަސައްކަތް ނުހިނގައި ހުއްޓިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ނިލަންދޫގައި ތަރައްގީއަށް ފެށިފައިވާ މަސައްކަތްތައް ނުހިނގައި ލަސްވަމުން ދަނީ ހާއްސަ ގޮތެއްގައި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދާއި ތެލުގެ ބާޒާރަށް އައި ބަދަލުގެ ސަބަބުން ދަތިތަކެއް ކުރިމަތިވެގެން ކަމަށެވެ.

ނިލަންދޫގައި ތަރައްގީކުރާ އެއާޕޯޓްގެ މަސައްކަތުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ވަނީ 52 ހެކްޓަރުގެ ބިން ހިއްކާފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ނިލަންދޫގެ ފެނާއި ނަރުދަމާގެ މައްސަލަ އަށޤ ވެސް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން ފާއިތުވީ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ނިލަންދޫގެ ފެނާޢި ނަރުދަމާގެ މައްސަލަ ހައްލު ނުކުރެވި އެ ޙިދުމަތް ލިބެމުން ނުދާކަން ރައީސުލް ޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއް ދެއްވަމުން އަންނަނީ އެމަނިކުފާނު ވެލައްވާފައިވާ ވައުދުތައް ފުއްދެވުމަށާއި، ތަރައްގީ އާއި އަސާސީ އެކިއެކި ކަންކަމުގައި ރައްޔިތުންނާއި ގުޅުހުރި ކަންކަން ކުރެއްވުމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk