logo

ސިނގިރޭޓް ގެ މައްސަލައިގައި ގެންނަން ޖެހޭ ބަދަލުތައް ގެންނާނަން: ރައީސް

profile

ރިޟްވާން މޫސާ - 01 ޖޫން 2026 - 08:39

ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމާއި، ސިނގިރޭޓް އަގުބޮޑުވުން އަދި ވޭޕް ބޭނުން ކުރުން މަނާ ކުރުމުގެ މައްސަލަ އާއި ގުޅޭގޮތުން މި ސަރުކާރުން ޔޫޓާން އެއް ނުނަގާނެ ކަމަށާއި، އެ މައްސަލަ ތަކުގައި ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ދުންފަތާއި ދެކޮޅަށް ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އިއްޔެ ރައީުލް ޖުމްހޫރިއްޔާ އޮފީހުގައި ވަނީ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްވެސް ބާއްވާފަ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ މި ބައްދަލުވުމުގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވަނީ، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން އަށް ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް ކަމަށާއި، އޭގެ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އިހްސާން ވިދާޅުވީ ދުންފަތުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ލަފާ ދީފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން މިއަދު ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ، ދުންފަތުން ނަގާ ޑިއުޓީއާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

މުޅި ދުނިޔޭގައި ވެސް ޖެނެރޭޝަނަލް ބޭން އެއް އެންމެ ފުރަތަމަ ގެނައީ ރާއްޖޭން ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ، ޕްރިވެންޓިވް ހެލްތު ކެއާގެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން ރައްޔިތުން ދުރުކުރުމަށްޓަކައި ފިޔަވަޅު އަޅަނީ އޭގެ ތެރެއިން ކަމަށް، ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކަން ކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއާއި އެހެނިހެން ޖަމިއްޔާތަކާއެކީ ފަންނީ ލެވެލްގައި މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ދުންފަތާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތު ހަރުދަނާކުރުމަށްޓަކައި ދުންފަތުން ނަގާ ޑިއުޓީ ބަދަލުކުރުމާ ގުޅޭ ގޮތުން ފަންނީ މަޝްވަރާ މިހާރުވެސް ކުރިއަށްދާ ކަމަށް، ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމާ މެދު ގޮތް ނިންމާނީ އޭގެ ފަހުންނެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި، ގޮތް ނިންމާއިރު ނިންމާނީ ޑަބްލިއުއެޗްއޯ ފަދަ ތަންތަނުން ލިބިފައިހުރި ލަފަޔާއި މައުލޫމާތަށް ރިއާޔަތްކުރުމަށް ފަހެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk