logo
އިނގިރޭސި އިދިކޮޅު ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖު

އިނގިރޭސި އިދިކޮޅު ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖު

ޕްރައިވެޓް ޖެޓެއްގައި ރާއްޖެ ވަޑައިގަތް ފަރާޖް، ޔޫކޭ ޕާލިމެންޓުން އިސްތިއުފާދެއްވައިފި

profile

ރިޟްވާން މޫސާ - 08 ޖުލައި 2026 - 06:36

މާލީ މުއާމަލާތްތަކާ ގުޅިގެން އަމާޒުވެފައިވާ ބޮޑެތި ފާޑުކިޔުންތަކާއި ތަހުގީގުތަކާ ހެދި އިނގިރޭސި އިދިކޮޅު ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖު ޕާލިމަންޓް މެންބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.

https://wamco.com.mv/

އޭނާ ތަމްސީލުކުރެއްވި ކްލެކްޓަން ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަން ނިންމާފައި ވާއިރު، ފަރާޖު ވަނީ އެ އިންތިހާބުގައި އަލުން ވާދަކުރައްވާނެ ކަމަށް ވިދާޅުވެ، އަމަލުތަކުގެ މައްޗަށް ގޮތް ނިންމުން ރައްޔިތުންނަށް ދޫކޮށްލައްވާފަ އެވެ.

މީގެ އިތުރުން ފަރާޖަށް ކްރިޕްޓޯކަރަންސީ ބިލިއަނަރެއްގެ އަތުން ލިބުނު ފަސް މިލިއަން ޕައުންޑްގެ މައްސަލައެއް ވެސް ޕާލިމެންޓުގެ އަހުލާގީ ކޮމިޝަނުން ދަނީ ބަލަމުންނެވެ.

މި އަހަރުގެ ކުރީކޮޅު 60 މިލިއަން ޑޮލަރުގެ ޕްރައިވެޓް ޖެޓެއްގައި ރާއްޖެ ވަޑައިގެން ފަރާޖު ހިންގެވި "މެގާ ސްޓަންޓް" އަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

"ގާޑިއަން" ނޫހުން ރިޕޯޓްކުރި ގޮތުގައި، ފޯޅަވަހި ނުވަތަ ޗާގޯސްއަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވެ ފަރާޖު ރާއްޖެ ވަޑައިގަތް ދަތުރުގެ އެއްވެސް މައުލޫމާތެއް އިނގިރޭސި ސަރުކާރަށް ކުރިން އެނގިފައެއް ނުވެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk