logo
ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގެ ތެރެއިން

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގެ ތެރެއިން

ދަބަހުން މަސްތުވާތަކެތި ފެނުނު ދެމީހުންގެ ބަންދަށް 15 ދުވަސް!

profile

ޔޫޝައު ހަސަން - 13 ފެބްރުއަރީ 2023 - 04:27

ދަބަހުގެ ތެރެއިން ތިން ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި ހދ. ނޭކުރަންދޫ ފިރިހެނަކާއި، މާލޭ މީހަކަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

https://wamco.com.mv/

އުމުރުން 20 އަހަރުގެ އެ ދެ މީހުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ މަސްތުވާތަކެތި ގެންގުޅުމާއި އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތެވެ.

މި ދެ މީހުންނާއި އިތުރު މީހުން ހިމެނޭހެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމުގެ އިންޓަލިޖެންސް ރިޕޯޓް ލިބިފައިވާ ކަމަށް މި މައްސަލައިގެ ތަފްސީލްގައި ބުނެފައިވެއެވެ.

އަދި ބަލާ ފާސް ކުރުވުނު ތަން ކުއްޔަށް ހިފުމަށް ނޭކުރަންދޫ މީހާ ފައިސާ ދައްކާފައިވާ ކަމަށާއި މީގެ އިތުރުން މަސްތުވާތަކެތި ހުރި ދަބަސް ހިފައިގެން ދެ މީހުންވެސް މަގުމަތިން ދާ ތަން ސީސީޓީވީ ފޫޓޭޖްތަކުން ފެނިފައިވާ ކަަމަށްވެސް މައްސަލައިގެ ތަފްސީލުގައި ބުނެފައިވެއެވެ.

ފުލުުހުން ބުނެފައިވާގޮތުގައި، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ނަތީޖާއިން ދައްކާގޮތުން ތިން ކިލޯގްރާމް ހުންނާނެއެވެ. އެކަމަކު އަދި ދާއިމީ ނަތީޖާ ބެލި ތަހުލީލު ކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay