
ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ސިލްސިލާ ބައްދަލުވުންތަކެއް ބާއްވާނަން- ސައީދު

ރިޟްވާން މޫސާ - 11 ޖެނުއަރީ 2026 - 03:52
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަން ނިންމަވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އޮތެންޓިކް މޯލްޑިވްސްގެ ހަވަނަ އަހަރީ ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކޮށްދެއްވުމަކީ މިނިސްޓްރީން ނުހަނު އިސްކަމެއް ދެއްވަމުން އަންނަ ކަމެއް ކަމަށާއި، ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކުގެ އަޑު އައްސަވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ވިޔަފާރިތަކަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރެވޭނީ، ސީދާ ވިޔަފާރިވެރިންނާ ވާހަކަ ދެކެވި، ކުރިމަތިވާ މައްސަލަތައް ދެނެގަނެވިގެން ކަމަށެވެ. އަދި އެކަން ކުރެވޭނީ ގަވައިދުން ވިޔަފާރިވެރިންނާ ބައްދަލުވެ، ޚިޔާލު ހޯދައިގެން ކަމަށެވެ.
ދާދި ފަހަކުން ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމެއް ބާއްވައި އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެކަމަށްވެސް ވިދާޅުވެފަ އެވެ.
ފާއިތުވީ ތޭރަ ވަރަކަށް އަހަރުގެ ތެރޭގައި ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން ވިޔަފާރިވެރިންނަށް ދޭންޖެހި ނުދީ އެތައް މިލިއަން ރުފިޔާ ހުރިކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ވަނީ ރައީސް އަށް ހުށައަޅާފަ އެވެ.
ރައީސް ވިދާޅުވީ އަންނަ ރަމަޝޯން މަސް ފެށުމުގެ ކުރިން އެފައިސާ ދައކަވައި ހަލާސް ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ދިއްދޫ ބިން ހިއްކު ކުރިއަށް- 21 ހެކްޓަރު ހިއްކައިފި
2 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ ވަބާގައި ދިހަ ހާސް މީހުން
3 ގަޑިއިރު ކުރިން

"ސޮމާލީ ލޭންޑް" އަކީ ގައުމެއް ނޫން އަދި ދައުލަތެއްވެސް ނޫން- ފޮރިން މިނިސްޓަރ
12 ގަޑިއިރު ކުރިން

މާލެއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވޭނީ ޕީއެންސީ ކެންޑިޑޭޓަށް- ރައީސް
ދުވަހެއް ކުރިން


