logo

"ސޮމާލީ ލޭންޑް" އަކީ ގައުމެއް ނޫން އަދި ދައުލަތެއްވެސް ނޫން- ފޮރިން މިނިސްޓަރ

profile

ރިޟްވާން މޫސާ - 11 ޖެނުއަރީ 2026 - 03:51

ސޮމާލީ ލޭންޑް އަކީ ވަކި ގައުމެއްވެސް ނޫން ކަމަށާއި، ވަކި ދައުލަތެއްވެސް ނޫން ކަމަށް ފޮރިން މިނިސްޓަރ ޑރ.އަބުދުﷲ ޙަލީލް ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

ސޮމާލީލޭންޑްއަކީ 1991 ވަނަ އަހަރު ސޮމާލިއާގެ ވެރިކަމާ ދެކޮޅަށް އެ ގައުމުގެ ވާދަވެރި ފަރާތްތަކުން ކުރި ބަޣާވާތާ އެކު އެގައުމު ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިގެން ދިޔުމާއެކު ބާޣީ ޖަމާއަތްތަކުން ދައުލަތުގެ ނިޒާމާ ވަކިވެގަނެ އެ ގައުމުގެ އުތުރުގައި އުފެއްދި ބާޣީ އެންޓިޓީއެކެވެ.

އެ ހިސާބުން މި އެންޓިޓީ ވަނީ ރިޕަބްލިކް އޮފް ސޮމާލީލޭންޑްގެ ނަމުން އެ ސަރަހައްދަށް ނަންދީ ޣައިރު ގާނޫނީ ގޮތުން މިނިވަންކަން އިއުލާނުކޮށްފައެވެ. ފާއިތުވި 34 އަހަރު ދުނިޔޭގެ އެއްވެސް ގައުމަކުން ސޮމާލީލޭންޑަށް އިއުތިރާފު ވެފައެއް ނުވެއެވެ. ނަމަވެސް، މިދިޔަ ހަފުތާގައި އިޒްރޭލުން ވަނީ ސޮމާލީލޭންޑަކީ މިނިވަން ދައުލަތެއް ކަމަށް އިއުތިރާފުވެފައެވެ.

ސައުދިއަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ޚާރިޖީ ވަޒީރުން ބައިވެރިވެވަޑައިގެންނެވި 22 ވަނަ އިތުރު އާންމު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ ހަލީލް ވިދާޅުވީ ސޮމާލީ ލޭންޑް އަކީ ވަކި ގައުމެއްވެސް ނޫން ކަމަށާއި، ވަކި ދައުލަތެއްވެސް ނޫން ކަމަށެވެ.

ޚަލީލް ވިދާޅުވީ، އިޒްރޭލުގެ މި ނިންމުމަކީ ސޮމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ، ބައިނަލްއަގުވާމީ އުސޫލުތަކާ ޚިލާފު އަމަލެއް ކަމަށާއި، މި ނިންމުން އދ ގެ ޗާޓަރާ ފުށޫއަރާ ކަމަށެވެ.

ސޮމާލީ ލޭންޑް އަކީ ޢައިރު ގާނޫނީ އަމަލެއް ކަމަށް ބުނެ ރާއްޖެއިން އެކަން ގަބޫލު ނުކުރާއިރު އަރަބި މުސްލިމު ގިނަ ގައުމުތަކުންވެސް ވަނީ މި ބައްދަލުވުމުގައި ސޮމާލީ ލޭޭންޑް ބަލައިނުގަނެފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay