
އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް / ފޮޓޯ: މަޖިލިސް
ހިޔާލު ތަފާތުވި ނަމަވެސް ގައުމީ ވިސްނުން އިސްކުރަންޖެހޭނެ: ރެޑްވޭވް ސަލީމް

މުޙައްމަދު ފަޟްލޫން - 12 ނޮވެމްބަރު 2025 - 11:25
ހިޔާލު ތަފާތުވި ނަމަވެސް ގައުމީ ވިސްނުން އިސްކުރަންޖެހޭނެ ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ( ރެޑްވޭވް ސަލީމް ) ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ބަޖެޓްގެ ބަހުސްގައި ބައިވެރިވެ ވަޑައިގެން ސަލީމް ވިދާޅުވީ އެންމެން އެއްހިޔާލެއްގައި އަބަދު ނުތިބޭނެކަމަށާއި ހިޔާލު ތަފާތުވާނެ ކަމަށެވެ.
ހިޔާލު ތަފާތުވުމަކީ މުޅި މުޖުތަމައުގައި ހިމެނޭކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހިޔާލުތަފާތުވުމަކީ ވިސްނަންޖެހޭ ކަމެއް ނޫންކަމަށާއި ނަމަވެސް ވިސްނަންޖެހޭ ކަމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރެވޭނެ ގޮތަކާއި މެދުގައި ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަރުކާރުން މިހިނގަމުންދާ އަހަރުގެ ތެރޭގައި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސަލީމް ވިދާޅުވިއެވެ. ހަރަދުކުޑަ ކުރުމަށް މަސައްކަތްކުރާއިރު ހުރިހާކަމެއް ގުޅިފައިވަނީ ރައްޔިތުންނާއި ކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން ބޭސްފަރުވާގެ ދާއިރާ އަށް ބެލި ނަމަވެސް އާސަންދަ ކުޑަކުރެވެން ނެތް ކަމަށް ސަލީމް ވިދާޅުވިއެވެ. އާސަންދަ ކުޑަކޮށްފިނަމަ އެއީ ގޯސްކަމެއްކަމަށާއި އެކަމަކީ ބަދަލު ގެންނަންޖެހޭ ކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ.
ވަޒީފާތަކަށް ބަލާއިރު ވަޒީފާ ނުދީފިނަމަ އެހިސާބުން ގޯސްވީ ކަމަށް ސަލީމް ވިދާޅުވިއެވެ. އެންމެންނަށް ވަޒީފާވެސް ލިބެންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.
ޕްރައިވެޓް ސެކްޓަރ ވަރުގަދަ ކުރުމާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ ޕްރައިވެޓް ސެކްޓަރ ވަރުގަދަ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންގެންދާ ކަމަށެވެ.
ސިއްހީ ދާއިރާގެ ހަރަދު ކުޑަކުރުވެން ނެތް ކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން ހުރިހާ ރަށެއްގައި ހޮސްޕިޓަލް އަޅައި އެތަންތަނަށް ހިދުމަތްދީ ދެންހުރި ކަންކަން ކުރަންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


