logo

ނޭޝަނަލް ޕޭމަންޓް ސްވިޗް ގާއިމްކުރަން ފާސްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 17 އޯގަސްޓު 2026 - 11:23

ނޭޝަނަލް ޕޭމަންޓް ސްވިޗެއް ގާއިމުކުރުމަށްޓަކައި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

https://wamco.com.mv/

މި ބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު ހުށަހެޅުއްވި ރިޕޯޓަށް، ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާޤުންނެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ.

މި ބިލު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް، ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކުރުމާއި، އެ ނިޒާމު ހިންގުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމެވެ.

ބިލު ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ އެކި ބޭންކުތަކާއި ޕޭމަންޓް ހިދުމަތްދޭ ފަރާތްތައް އެއް ވިއުގައަކުން ގުޅާލުމުން، އެއް ބޭންކެއްގެ ކާޑާއި ޑިޖިޓަލް ވޮލެޓު ބޭނުންކޮށްގެން އެހެން ބޭންކުތަކުގެ ކިއުއާރް ކޯޑުތަކަށާއި ޕީއޯއެސް މެޝިންތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުއާމަލާތްތަކުން ނަގާފީ ކުޑަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބިލުގައި ޤާނޫނަށް އިތުރުކުރަން ހުށަހަޅާފައިވާ މާއްދާގައިވާ ގޮތުން، ޤައުމީ ޕޭމަންޓް ސިސްޓަމްގެ ތެރޭގައި ހިމެނޭ ވަކި ޚާއްޞަ ސިސްޓަމަކީ ނޭޝަނަލް ޕޭމަންޓް ސްވިޗްގެ ގޮތުގައި ކަނޑައެޅުމުގެ އިޚްތިޔާރާއި ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބިގެންވެއެވެ.

މީގެއިތުރުން، ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ އެހެނިހެން މުއައްސަސާތައް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގާ މުޢާމަލާތްތަކުގެ ތެރެއިން އެމްއެމްއޭ އިން ކަނޑައަޅާ މުޢާމަލާތްތައް ޕްރޮސެސްކޮށް، ރޫޓްކުރަންވާނީ ނޭޝަނަލް ޕޭމަންޓް ސްވިޗް މެދުވެރިކޮށް ކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

https://wamco.com.mv/
tel:+9607331319