
މާލެ ޓެކްސީ ލައިނުގެ މައުލޫމާތުތަކެއް ލީކުކުރި މުވައްޒަފެއްގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

މުޙައްމަދު ފަޟްލޫން - 17 އޯގަސްޓު 2026 - 11:25
މާލެ ޓެކްސީ ލައިނުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންގެ ޒާތީ މަޢުލޫމާތުތަކެއް ލީކުކޮށްލި މުވައްޒަފުގެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފުލުހުންނަށް ހުށަހަޅައިފިއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މަޢުލޫމާތުތަކަށް ބަދަލު ގެނެސް، އޭގެ ސްކްރީންޝޮޓްތައް ނަގައި ލީކުކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފެއްކަން އެތެރޭގެ ތަޙުޤީޤުން މިހާރު ވަނީ ކަށަވަރު ކުރެވިފައެވެ.
އެމްޓީސީސީގެ ބަޔާނުގައި ވާގޮތުން އެ މުވައްޒަފު މި ޢަމަލު ހިންގާފައިވަނީ އެއްވެސް ހުއްދައެއް ނެތި، އަމިއްލަ ޒާތީ އަދި ސިޔާސީ މަގްސަދެއް ހާސިލްކުރުމުގެ ބޭނުމުގައެވެ.
މި މައްސަލަ ފުލުހުންގެ އިދާރާއަށް ރަސްމީކޮށް ހުށަހަޅާފައިވާއިރު، އެމްޓީސީސީން ބުނީ ޑޭޓާބޭސް ސިސްޓަމަށް ބަދަލުތަކެއް ގެނެސްފައިވާކަން އައިސީޓީ ނެޓްވަރކް ސެކިއުރިޓީ ޓީމުގެ ސަމާލުކަމަށް އައި ވަގުތުން ފެށިގެން ސިސްޓަމް ވަގުތުން ޝަޓްޑައުންކޮށް، ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނެސްފައިވާ ކަމަށެވެ.
ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތަކާއި މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން އެމްޓީސީސީން ވަނީ ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ހާސިލުކުރެއްވި ނަޖުމާއަށް ރައީސް ނަޝީދުގެ މަރުޙަބާ!
31 މިނިޓު ކުރިން

ލ. މާވަށު ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ހިއްކައި ނިމިއްޖެ
31 މިނިޓު ކުރިން

ރިސޯޓް ކުއްޔާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަނީ
ގަޑިއިރެއް ކުރިން

ކޮތަޅު ބޮނޑި ވިއްކާއިރު ފީ ނުނަގާ ގޮތަށް ގާނޫނު ބަދަލުކުރަން ފާސްކޮށްފި
2 ގަޑިއިރު ކުރިން


