
ރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފި

މުޙައްމަދު ފަޟްލޫން - 06 ސެޕްޓެމްބަރު 2026 - 14:09
ދިވެހިރާއްޖޭގައި ހަލާލް ޓޫރިޒަމް އިތުރަށް ފުޅާކޮށް، މި ދާއިރާ ތަރައްގީ ކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި އިސްލާމިކް ޗެމްބަރ އޮފް ކޮމާސް އެންޑް ޑިވެލޮޕްމަންޓް (އައިސީސީޑީ) އާ ދެމެދު މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ވީއެމްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރު އަދި އިސްލާމިކް ޗެމްބަރ އޮފް ކޮމާސްގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޔޫސުފް ޙަސަން ޚަލާވީ ބައިވެރިވެވަޑައިގެންނެވިއެވެ.
ވީއެމްސީން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ސިޔާސަތުގެ ތެރެއިން ޙަލާލް ޓޫރިޒަމަކީ ވަކި ޚާއްޞަ ދާއިރާއެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރުވިސްނުންފުޅާ އެއްގޮތަށް، މި ދާއިރާގެ އުފެއްދުންތަކާއި ތަޖުރިބާތައް އިތުރަށް ތަރައްޤީކުރުމެވެ.
މި މަޝްވަރާތަކުގައި ޝައިޚް ޚަލާވީ ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ޙަލާލް ޓޫރިޒަމްގެ ބޮޑެތި ޙަރަކާތްތައް އިންތިޒާމުކުރުމުގައި ލިބިފައިވާ ތަޖުރިބާތައް ޙިއްޞާކުރައްވާފައެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ މާހިރުންގެ އެހީތެރިކަމާއި، ދާއިރާގެ ތަޖުރިބާ ބަދަލުކުރުމުގެ ތެރެއިން ރާއްޖޭގައި މި ޞިނާޢަތް ކުރިއެރުވޭނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ. އަދި ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމިއޮވެ، މަތީ ފަންތީގެ ޙަލާލް ޓޫރިޒަމްގެ ޚިދުމަތްތަކާއި ޙަރަކާތްތައް ތަޢާރަފުކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުންވެސް ދެފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރަނީ
ގަޑިއިރެއް ކުރިން

"ރޮބެޓިކް ސާޖަރީ" ފުރަތަމަ ފަހަރަށް ރާއްޖޭގެ އޭޑީކޭ ގައި
4 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ބޮކްސާ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި
19 ގަޑިއިރު ކުރިން

އުސޫލާއި ހިލާފަށް އެޕާޓްމެންޓް ކުއްޔަށްދިން މައްސަލަ ދަނީ ބަލަމުން: އެފްޑީސީ
19 ގަޑިއިރު ކުރިން


