logo

ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީޓު އެއަރ ކާގޯ ވީއައިއޭ އިން ކާމިޔާބުކަމާއެކު ހޭންޑްލްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 30 ޖުލައި 2026 - 06:36

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ވިއައިއޭ މެދުވެރިކޮށް، ކެމްބޯޑިއާގެ ފުރަތަމަ ސީ ޓު އެއަރ ޓްރާންސްޝިޕްމަންޓް ކާމިޔާބުކަމާއެކު ފޮނުވާލައިފިއެވެ.

https://wamco.com.mv/

މިއީ ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ރާއްޖޭގެ ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ ހިދުމަތް ފުޅާވަމުންދާކަން ރަމްޒުކޮށްދޭ މުހިއްމު ކަމެކެވެ.

ކެމްބޯޑިއާއިން ކަނޑުމަގުން ރާއްޖެއަށް ގެނައި މި މުދާތައް، ވެލާނާ އެއަރޕޯޓުން ވައިގެ މަގުން ފޮނުވާލާފައިވަނީ ފްރާންސްގެ ލީލް އަށެވެ.

މި އޮޕަރޭޝަނުން ހާމަވެގެންދަނީ އޭޝިއާއާއި ޔޫރަޕާ ދެމެދު މުދާ ބަދަލުކުރުމުގައި ރާއްޖޭގެ މައި އެއަރޕޯޓުން އަދާކުރާ މުހިއްމު ދައުރެވެ.

މީގެ ކުރިން ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާގެ މުދާ މި މަގުން އުފުލަމުން ދިޔަ ނަމަވެސް، ކެމްބޯޑިއާގެ މުދާ ކާމިޔާބުކަމާއެކު ހޭންޑްލްކުރެވުމަކީ ރާއްޖޭގެ ކާގޯ ޚިދުމަތް އާ މާކެޓްތަކަށް ފުޅާވަމުންދާކަމުގެ ހެއްކެވެ.

ސީ ޓު އެއަރ ޓްރާންސްޝިޕްމަންޓަކީ ހަމައެކަނި ވައިގެ މަގަށްވުރެ ހަރަދު ކުޑަ، އަދި ކަނޑުމަގަށްވުރެ ހަލުވި ނިޒާމަކަށްވާތީ، މިއީ އަވަހަށް ފޯރުކޮށްދޭންޖެހޭ މުދަލަށް އޮތް އެންމެ ފުރިހަމަ ހައްލެވެ.

މި ކާމިޔާބީއާއެކު، އޭޝިއާއާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކާ ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވެލާނާ އެއަރޕޯޓުގެ މަޤާމު މިވަނީ އިތުރަށް ހަރުދަނާވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk