logo

ވަގަށް ނެގި ސައިކަލަކާއެކު މީހަކު ހައްޔަރުކޮށްފި

profile

އާމިނަތު ޝަޒްލާ - 07 އޯގަސްޓު 2026 - 10:20

ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ސައިކަލަކާއެކު ހައްޔަރުކުރި މީހަކު، އެއީ މީހަކު އޭނާއަށް ދިން ސައިކަލެއް ކަމަށް ބުނެފިއެވެ.

https://wamco.com.mv/

ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދޭ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ވައްކަން ކުރުމުގެ ތުހުމަތެވެ.

މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ކަސްޓޯޑިއަލް ޖަލެއްގައި 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ބެލެވޭ މިންވަރަށް ހެކި ލިބިފައިވެއެވެ. އޭގެ ތެރޭގައި ހާދިސާ ހިނގި ސީނަށް ދިޔަ ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓް ހިމެނޭކަން ކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށްވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވަނީ، ވަގަށް ނަގާފައިވާ ސައިކަލު ފެނިފައިވަނީ ސީދާ އެ މީހާގެ އަތުން ކަމަށެވެ. ނަމަވެސް، ކޯޓުގައި އޭނާ ދިފާއުގައި ބުނެފައިވަނީ އެ ސައިކަލަކީ މީހަކު އޭނާއަށް ދިން އެއްޗެއް ކަމަށާއި، އެއީ ވަގަށް ނަގާފައިވާ އެއްޗެއްކަން އޭނާއަށް ނޭނގޭ ކަމަށެވެ.

މީގެ އިތުރުން، ހައްޔަރުކުރެވުނު މީހަކީ މީގެ ކުރިންވެސް ހައްޔަރާއި ބަންދުގެ ރިކޯޑް އޮތް މީހެއްކަން ކޯޓު އަމުރުން އެނގެން އޮވެއެވެ. މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ

https://wamco.com.mv/
tel:+9607331319