
މާލޭގެ 378 ނަންބަރު ކޮށީގެ ބިމަކީ ސްޕޯޓްސް އެރީނާއެއް ތަރައްޤީކުރުމަށް އެފްއޭއެމްއަށް ދޫކޮށްފައިވާ ބިމެއް!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 10 އޯގަސްޓު 2025 - 12:35
މާލޭގެ 378 ނަންބަރު ކޮށީގެ ބިމަކީ ސްޕޯޓްސް އެރީނާއެއް ތަރައްޤީކުރުމަށް އެފްއޭއެމްއަށް ދޫކޮށްފައިވާ ބިމެއް ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް - އެފްއޭއެމްއިން ބުނެފިއެވެ.
އެފްއޭއެމްގެ އާންމު އެންގުމެއްގައި ބުނީ، މާލޭގެ 378 ނަންބަރު ކޮށީގެ ބިމަކީ ފީފާގެ ޚަރަދުގައި ސްޕޯޓްސް އެރީނާއަކާއި އޮފީސް އިމާރާތެއް ތަރައްޤީކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް 1 ފެބްރުވަރީ 2017 އިން ފެށިގެން 50 އަހަރަށް މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ދޫކޮށްފައިވާ ބިމެއް ކަމަށެވެ.
އެހެންކަމުން، މިބިމުގެ ހުޅަނގު ފަރާތުގައި ހުރި އިމާރާތް (މާފަންނު ސްޓޭޑިއަމް އޮފީސް އިމާރާތް) އަދި ބިން މިހާރު ބޭނުން ކުރަމުންދާ ފަރާތްތަކުން މިތަން ބޭނުންކުރުމަށް އެއެސޯސިއޭޝަންއާ ނުވަތަ އެހެންފަރާތަކާ ދެމެދު އެއްބަސްވުމެއްވެފައިނަމަ، އެ އެއްބަސްވުމުގެ ކޮޕީ އާއި އަދި އެނޫންވެސް ކަމާގުޅުންހުރި އެންމެހާ ލިޔެކިޔުންތައް 24 އޮގަސްޓް 2025 ގެ 14:30 ގެ ކުރިން އެފްއޭއެމްއަށް އީމެއިލް މެދުވެރިކޮށް ނުވަތަ ގަލޮޅު ރަސްމީ ދަނޑުގައި ހުންނަ މިއެސޯސިއޭޝަންގެ އޮފީހަށް ފޮނުވައި ދިނުމަށް އެދޭ ކަމަށް، އެފްއޭއެމްއިން ބުންޏެވެ.
އީމެއިލް މެދުވެރިކޮށް ފޮނުވާ ނަމަ، ފޮނުވާނީ: އަށެވެ.
އެފްއޭއެމްގެ އޮފީސް ހުޅުވާފައި ހުންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 14:30 އަށެވެ.
އެ އިދާރާއިން ވަނީ މިއަދުން ފެށިގެން މިއިމާރާތަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި އަދި އިމާރާތް ހުރިބިމާއި އަދި ވަށައިގެންވާ ބިމުގައި އެއްވެސް އިމާރާތެއް ނުކުރުމަށް އަންގާފައެވެ.
މި އެންގުމާ ގުޅިގެން ހުށަހަޅާ އެއްބަސްވުންތަކާއި އަދި އެނޫންވެސް ލިޔެކިޔުންތަކަކީ ސައްޙަ ލިޔެކިޔުންތަކެއް ކަމާމެދު އެއްވެސް ޝައްކެއް އުފެދިއްޖެނަމަ އެކަން ދައުލަތުގެ ކަމާބެހޭ މުއައްސަސާއަކަށް ހުށަހަޅައިގެން އެތަކެތީ ސައްޙަކަން ކަށަވަރުކުރެވޭނެ ކަމަށްވެސް އެފްއޭއެމްއިން ބުންޏެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން