
މޯލްޑިވއަން ގަން އޮފީހުން ޓިކެޓް ވިއްކުން މެދުކަނޑާލައިފި

އައިޝަތު އިބްރާހިމް - 30 ޖޫން 2025 - 11:34
މޯލްޑިވިއަންގެ ލ.ކައްދޫ އާއި އައްޑޫ ސިޓީ ގަމުގައި ޤާއިމްކޮށްފައިވާ އޮފީހުން ޓިކެޓް ދޫކުރުން މެދުކަނޑާލައިފިއެވެ.
މޯލްޑިވިއަނުން ބުނީ 1 ޖުލައި އިން ފެށިގެން މި 2 ސަރަހައްދުގައި ޤާއިމްކޮށްފައިވާ އެކުންފުނީގެ އޮފީހަށް ގޮސް ކަސްޓަމަރުންނަށް ޓިކެޓް ނެގޭނެ އިންތިޒާމް މެދުކަނޑައިލާފައިވާ ކަމަށެވެ.
އަސްލު ޓީވީއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ މިޑިއާ އޮފިޝަލް ވިދާޅުވީ، މި ދެސަރަހައްދުގައި ހުންނަ މޯލްޑިވިއަންގެ ޓިކެޓް ޚިދުމަތްދޭ އޮފީހުން ހަމައެކަނި ޓިކެޓިންގެ ޚިދުމަތް މެދުކަނޑާލީ އެ ސަރަޙައްދުގައި މޯލްޑިވިއަންގެ އޭޖެންޓުންވެސް ތިބުމުގެ ސަބަބުންނާއި އޮންލައިންކޮށްވެސް ޓިކެޓް ނެގުމުގެ ފުރުޞަތު އޮތުމުންކަމަށެވެ.
"ފިޒިކަލީ އޮފީހަށް ގޮސް ޓިކެޓް ނެގުމުގެ ނީޑްއެއް މިހާރުނީންނާތީ. ހަމައެކަނި އެ ޚިދުމަތް މެދުކަނޑާލީ." މޯލްޑިވިއަން އޮފިޝަލް
މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ޚިދުމަތް މިހާރަށް މެދުކަނޑާލީ ކަމަށެވެ. ފަހުން އެ ޚިދުމަތް ފަށާ ކަމުގައިވަނީނަމަ އަލުން އިޢުލާނު ކުރާނެކަމުގައިވެސް އޮފިޝަލް ވިދާޅުވިއެވެ.
ޓިކެޓިން ޚިދުމަތް މެދުކަނޑާލިކަމުގައި ވީނަމަވެސް އެ އޮފީހުން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތައް މިހާރެކޭވެސް އެއްފަދައިން ލިބޭނެކަމަށް މޯލްޑިވިއަނުން ވަނީ ހާމަކޮށްފައެވެ.
މޯލްޑިވިއަނުން ބުނީ ކައްދު އާއި ގަމުގެ އޮފީހަށް ގޮސްގެން ޓިކެޓް ނެގުން މެދުކަނޑާލި ނަމަވެސް އެ ކުންފުނީގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޓިކެޓް ނެގޭނެ ކަމަށެވެ. އެގޮތުން މޯލްޑިވިއަންގެ އެޕާއި ކޯލް ސެންޓަރާއި މެއިލާއި ވައިބާ އަދި ކުންފުނީގެ އެޖެންޓުން މެދުވެރިކޮށް ދެ ސަރަހައްދުން ވެސް ޓިކެޓް ނެގޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެއަރޕޯޓްގައި ހުރި އެ ކުންފުނީގެ ކައުންޓަރުތައް ޗެކިން ކުރާ ވަގުތުތަކުގައި ހުޅުވިފައި ހުންނާނެކަމަށާއި އެތަންތަނުންވެސް ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ކެމްޕޭން ދަތުރުތަކަށް އެމްޑީޕީން ފައިސާ ނުދައްކައިގެން މޯލްޑިވިއަން އިން ކޯޓަށް
އަހަރެއް ކުރިން

ޗުއްޓީއާ ދިމާކޮށް، މޯލްޑިވިއަން އިން ދަތުރުތައް އިތުރުކޮށްފި
7 މަސް ކުރިން

ބޮޑު ބޯޓު ގެނައުން ފާހަގަކޮށް މޯލްޑިވިއަނުން މާދަމާ އެއާ ޝޯއެއް ބާއްވަނީ
6 މަސް ކުރިން

ބޮޑު އަގުގައި ޓިކެޓު ނެގި މީހުންނަށް ރީފަންޑު ކޮށްދޭނަން: މޯލްޑިވިއަން
5 މަސް ކުރިން