
ތަގްވާވެރިންނަކީ، އިލްމު އުނގެނި އެ އިލްމާ އެއްގޮތަށް އަމަލުކުރާ މީހުން: ހުތުބާ
.jpeg&w=3840&q=75)
އައިޝަތު އިނާޝާ - 04 އޭޕްރީލު 2025 - 10:17
މާތް ﷲއަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަޤްވާވެރިވާ މީހުންނަކީ، ޢިލްމު އުނގެނި ޢިލްމު އުނގަންނައިދޭ މީހުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މަޢުޟޫއަކީ "ޢިލްމު އުނގެނުމުގެ މާތްކަން" އެވެ.
ހުތުބާގައި ބުނީ ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ އަދި އެކަމެއްގެ ސަބަބުން މާތް ﷲގެ ލޯބި އެމީހަކަށް ލިބިގެންދާކަމެއް ކަމަށެވެ. އަދި ތަގްވާވެރިވާ މީހުންނަކީ، އިލްމު އުނގެނި އެ އިލްމާ އެއްގޮތަށް އަމަލުކުރާ މީހުން ކަމަށެވެ. އަދި ތަގްވާވެރިންނަކީ އެންމެ މާތް މީހުން ކަމުގައި ހުތުބާގައި ހަންދާންކޮށްދިނެވެ.
ހުތުބާގައި ބުނީ އުނގެނުނު އިލްމާ އެއްގޮތަށް އަމަލުކުރާ އިލްމުވެރިޔާގެ ފަރާތުން މީސްތަކުންނަށް ކުރާ މަންފާ ބޮޑުވާނެ ކަމަށާއި އެއާ ހިލާފަށް އަޅުވެރިޔާ ކުރާ އަޅުކަމުގެ ސަބަބުން މަންފާ ކުރާނީ ހަމައެކަނި އޭނާގެ އަމިއްލަ ނަފުސަށް ކަމަށެވެ.
އިލްމުގެ މަގާމު މަތިވެރިކަން ފާހަގަކޮށް ހުތުބާގައި ބުނީ، ޢިލްމު އުނގެނުމަށް ނަބިއްޔާ ވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަމަށެވެ. އަދި ބަދުރު ހަނގުރާމައިގެ އަސީރުން މިނިވަންވުމަށް ފިދުޔައިގެ ބަދަލުގައި މުސްލިމް ދިހަ ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށްދިނުން ޝަރުތު ކުރެއްވުމުން އިލްމުގެ މަގާމުގެ މަތިވެރިކަން ވަރަށް ރަނގަޅަށް ދޭހަވެގެންދާކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނީ އަހަރެމެންގެ ތެރޭގައި އެ ހެޔޮ ކަމަށް އެދޭ މީހުން ޝަރުއީ އިލްމު އުނގެނުމަށް ވަގުތު ހުސްކުރުން މުހިންމު ކަމަށެވެ. އަހަރެމެންގެ އުމުރުން ކޮންމެ ދުވަހަކީ ވެސް އިލްމު އުނގެނުމަށް ވަގުތުކޮޅެއް ހޭދަކުރެވިދާނެ ދުވަހެއް ކަމަށާއި އެހެނީ އިލްމު އުނގެނުމަކީ ތިމާއަށާއި އެހެން މީހުންނަށް ނުހަނު ފައިދާ އާއި ލާބަހުރި ކަމަކަށްވާތީ ކަމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އަދި އިލްމުވެރިޔާ މަރުވުމަށް ފަހުގައި ވެސް، އޭނާ އުނގެނި، އެހެން މީހުންނަށް ފޯރުކޮށްދީފައިވާ އިލްމެއްގެ ފައިދާ ކުރާނެކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ހުތުބާގައި ބުނީ ނުދަނެ ހުރެ އަޅުކަންކުރާ މީހަކަށް، ބާތިލު ގޮތުގައި އަޅުކަމެއް ކުރުމަށް ޝައިތާނާ ވިސްނައިދީފާނެ ކަމަށާއި އެކަމުގެ ސަބަބުން އޭނާ މަގުފުރެދި، އެހެންމީހުން ވެސް މަގުފުރައްދައިފާނެ ކަމަށެވެ.
އެހެނެއްކަމަކު އިލްމު ވެރިޔާ މަގުފުރައްދާކަށް ޝައިތާނާއަކަށް ފަސޭހައެއް ނުވާނެ. އޭގެ ބަދަލުގައި އޭނާ، އޭނާއަށް ލިބިފައިވާ އިލްމުގެ މަތީގައި ސާބިތުވެ ހުރެ، އަނެކުން ވެސް ހެޔޮ މަގަށް އަޅުވަން މަސައްކަތްކުރާނެ: ހުތުބާ
ހުތުބާގައި ވަނީ މާތް ނަބިއްޔާއިރުޝާދުފުޅުތަކަށް ތަބައަވެ ދީނުގެ އިލްމު ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ބާރުއަޅާފައެވެ. އަދި މާތް ދަރަޖައާއި ހެޔޮކަން ލިބިގަނެ، އެއިން ދުނިޔެއާއި ޢާހިރަތުގެ މަގު އާރާސްތުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން