logo

މިފްކޯގެ މަސް ކިރާ ބޯޓުތައް މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް

profile

ޝުރުފާ މުހަންމަދު - 05 އޯގަސްޓު 2024 - 15:29

މަސްވެރިކަންކުރުން

މަސްވެރިކަންކުރުން

މެދު ރާއްޖެތެރޭގައި މަސްވެރިކަން ރަނގަޅުވެފައިވަތީ މިފްކޯގެ މަސްކިރާ ބޯޓުތައް އެ ސަރަހައްދަށް ފޮނުވަން ފަށައިފި އެވެ.

ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކުގައި މަސްވެރިކަން ދަށްވެފައިވާތަ މަހެއްހާ ދުވަސްވެފައިވާއިރު، މިއަދު މިފްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ލާމު އަތޮޅާއި ތ. އަތޮޅާއި ދެމެދުގައި މަސްވެރިކަން މެދުމިންވަރަކަށް ރަނގަޅުވެފައިވާ ކަމަށެވެ. އެހެންވެ ގއ. އަތޮޅުގައި އޮތް މަސްކިރާ ބޯޓު، މަހާ ކަލަމިންޖާ މިހާރު މ. އަތޮޅަށް ދަތުރުކުރަމުންދާ ކަމަށް ބުންޏެވެ. އަދި މިހާރު ވެސް މަސްކިރާ ބޯޓު ރަންދި 23 އެ ސަރަހައްދުގައި އެބައޮތް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރަށް މާލެ ސަރަހައްދުގައި މަސްވެރިކަން ރަނގަޅުވެފައި ވާތީ މަސްކިރާ ބޯޓު ރަންދި 20 މިއަދު މާލެ ސަރަހައްދުގައި މަސް ކިރުމަށް ހަރަކާތްތެރިވަމުން އަންނާނެ ކަމަށް ވެސް މިފްކޯއިން ބުނެފައިވެ އެވެ.

މިފްކޯއިން ބުނީ.، ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފްތާ ތެރޭގައި ކަމަށެވެ.

މަސްކިރުވުމަށް މިފްކޯއިން މަސްވެރިންނަށް ފަސޭހަ މަގު ފޯރުކޮށްދެމުން އަންނަ އިރު، ކިރާ މަހަށް މަދުވެގެން ދެ ހަފްތާ ތެރޭގައި ފައިސާ ދިނުމަށް ވެސް މިފްކޯއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

tel:+9607331319