logo

މިފްކޯއަށް ބޭރުގެ ސީއީއޯއެއް ހޯދަން ކުރި އިއުލާނު ބާތިލުކޮށްފި

profile

އާމިނަތު ޝަފާ - 16 ޖުލައި 2024 - 14:02

މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މާލީ އަނދަވަޅެއްގައި އޮތް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އަށް ބޭރުގެ ސީއީއޯއެއް ހޯދަންކުރި އިއުލާނު ބާތިލުކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ބުނީ ސީއީއޯ އެއް ހޯދުމަށް ކުރިން ކުރި އިއުލާނަށް ޝަރުތު ހަމަވާ އެއްވެސް މީހެއް ކުރިމަތިލާފައި ނުވާތީ އެ އިއުލާން ބާތިލް ކުރާ ކަމަށެވެ.

ސީއީއޯއެއް ހޯދުމަށް ކުރި އިއުލާނުގައިވަނީ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަދި އެ ދާއިރާ ކުރިއަރުވަން ދެމެހެއްޓެނިވިގޮތެއްގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ހުންނަ ފަރާތްތަކުން އިއްޔެގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. މުއްދަތު ހަމަވާ ތާރީހުގެ ކުރިން ސީވީއާއި، ކަވަރ ލެޓާއާއި، ތައުލީމީ ސެޓްފިކެޓްތައް އަދި ދާއިރާގައި މަސައްކަތްކޮށްފައިވާކަމުގެ ލިޔުން ހުށަހެޅުމަށް އެދިފައެވެ. ކުންފުނީގެ މާލީ ހާލަތައް ބަލާއިރު ދަރަނީގައި ކުންފުނި އެތައް އަހަރެއް ވަންދެން ހިންގުމުގެ ސަބަބުންނާއި، ކުންފުނި މާލީގޮތުން ސަރުކާރުގެ އެހީއަށް ބަރޯސާވާންޖެހޭ ގޮތަށް ބައްޓަންކޮށްފައި އޮތުމުގެ ސަބަބުން ކުންފުނި އޮތީ މާލީގޮތުން ބޮޑު ބުރައެއް އުފުލަން ޖެހިފައެވެ. އަދި އަވަސް ފިޔަވަޅުތަކެއް އަޅައިގެން ކުންފުނީގެ މިސްރާބު އޮތީ ބަދަލުކުރަން ޖެހިފައެވެ.

ކުރިއަށް އޮތް 5 އަހަރުގެތެރޭގައި މިފްކޯ ތަރައްގީކުރުމަށް 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހިންގުމަށް ޕްލޭންކުރެވި ކަމާއިގުޅޭ މަސައްކަތްތައް ހިނގަމުންދާއިރު ކުންފުންޏަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރެވޭނީ ޚަރަދުތައް ރީސްޓްރަކްޗަރކޮށް، އޮޕަރޭޝަނަށާއި ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނެވިގެންކަމަށާއި އެ މަސައްކަތްތައް ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުން ގެންދާކަމަށް މިފްކޯއިންވަނީ މިފަހުން ބުނެފައެވެ.

https://int.etukuri.mv/
tel:+9607331319