.webp&w=3840&q=75)
އިސްރާއީލުން ޤަތަރަށް ހަމަލާދިނުން ދުނިޔޭގެ ގައުމުތަކުން ކުށްވެރިކޮށްފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 10 ސެޕްޓެމްބަރު 2025 - 04:52
އިސްރާއީލުން ޤަތަރަށް ހަމަލާދިނުން ދުނިޔޭގެ ގައުމުތަކުން ކުށްވެރިކޮށްފިއެވެ.
ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އިސްވެރިންނަށް އަމާޒުކޮށް އިސްރާއީލުން ވަނީ ޤަޠަރުގެ ދައުޙާއަށް ވައިގެ ހަމަލާތަކެއް ދީފައެވެ.
އިސްރާއީލުން ހަމަލާތައް ދީފައި ވަނީ ޣައްޒާ ޢުދުވާން ހުއްޓައިލުމާ ގުޅޭގޮތުން އެމެރިކާއިން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ޙަމާސްގެ އިސްވެރިން މަޝްވަރާތައް ކުރައްވަމުން ދަނިކޮށެވެ. ޙަމާސްގެ އިސްެވެރިންނަށް ހަމަލާ ދީފައިވާކަން އިސްރާއީލުން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ހަމަލާތައް ދީފައި ވަނީ ފައިޓަރު ޖެޓު ބޭނުންކޮށްގެންނެވެ.
އިސްރާއީލުން މަސައްކަތްކޮށްފައި ވަނީ ޙަމާސްގެ ފަރާތުން މަޝްވަރާތަކުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ޚަލީލް އަލް-ޙައްޔަ ޝަހީދުކޮށްލުމަށެވެ. އޭނާއަކީ ޙަމާސްގެ ވެރިކަންކުރާ މަޖިލީހުގެ މެންބަރެކެވެ. ނަމަވެސް ޙަމަލާގައި އޭނާ ސަލާމަތްވެވަޑައިގަންނަވާފައިވާ ކަން ޙަމާސްގެ މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޤަޠަރުގެ ފޮރިން މިނިސްޓްރީއިން ވަނީ އިސްރާއީލުން ދިން ޙަމަލާތަކަކީ ފިނޑި ޙަމަލާއެއްގެ ގޮތުގައި ސިފަކޮށް އެ ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ޙަމަލާއަކީ އެންމެހާ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމަށާއި، އެއީ ޤަތަރުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.
ދުނިޔޭގެ އިސްލާމީ ގައުމުތަކާއި ބައެއް އެހެން ގައުމުތަކުންވެސް ވަނީ އެކަން ކުށްވެރިކޮށާްފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 64،605 މީހުން ޝަހީދުވެ، 163،319 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން