logo

ރީޖަނަލް އެއަރޕޯޓްސްއިން ހިންގި 9 އެއަރޕޯޓެއް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 02 ސެޕްޓެމްބަރު 2025 - 12:35

ރީޖަނަލް އެއަރޕޯޓްސްއިން ހިންގި 9 އެއަރޕޯޓެއް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށްފިއެވެ.

https://wamco.com.mv/

ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އައި 9 އެއަރޕޯޓެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، (އެމްއޭސީއެލް) އާއި ވަނީ ހަވާލުކޮށްފައެވެ.
ރީޖަނަލް އެއަރޕޯޓްސް ކުންފުނި، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ.

ރީޖަނަލް އެއަރޕޯޓްސް ކުންފުނި، އެމްއޭސީއެލްގެ ދަށައް ބަދަލުކުރުމަށް ސަރުކާރުން ނިންމެވީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.

ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އައި 9 އެއަރޕޯޓަކާ އެމްއޭސީއެލުން ހަވާލުވެފައިވާކަމަށެވެ. އެ އެއަރޕޯޓްތަކާ ހަވާލުވީ މީގެ ދެހަފްތާ ކުރިންކަމަށްވެސް އެމްއޭސީއެލުން ވަނީ ބުނެފައެވެ.

އެ އެއަރޕޯޓުތަކާ ހަވާލުވީއިރު އެތަންތަނުގެ ހާލަތު ހުރީ ވަރަށް ދަށްކޮށްކަމަށާއި މިހާރު ކުރަމުންދާ މަސައްކަތަކީ އެ އެއަރޕޯޓްތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްކަމަށް އެމްއޭސީއެލުން ބުނެފައިވާއިރު އެއަރޕޯޓްތަކުގެ ތަރައްޤީއަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެމްއޭސީޢެލް އިން ވަނީ ބުނެފައެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ހުރިހާ މަސައްކަތަކާ އެމްއޭސީއެލާ ހަވާލުވި ނަމަވެސް އެ ކުންފުނި އުވައިލުމުގެ މަސައްކަތްތައް އަދި މުޅިން ނުނިމެއެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ އެމް.އޭ.ސީ.އެލާ އެއްކޮށްލުމުން ޚަރަދު ކުޑަކުރެވި، އެއަރޕޯޓްތައް ހިންގުން އިތުރަށް ހަރުދަނާކުރެވޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު މީގެ ކުރިން ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ގެންގުޅުއްވާ އިކޮނޮމިކް ރިފޯމްކުރުމުގެ މަސައްކަތްތަކަކީ އައިއެމްއެފް އަދި ވޯލްޑް ބޭންކްފަދަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ވަރަށް ބޮޑަށް ބަލައިގަނެފައިވާ މަސައްކަތްތަކެއްކަމަށެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay