logo

މުހިއްމު މަަސައްކަތެއް ކުރާތީ ހިޔާގެ ބައެއް އެޕާޓްމެންޓްތަކުން ކަރަންޓްކެނޑިދާނެ: ސްޓެލްކޯ

profile

މުޙައްމަދު ފަޟްލޫން - 12 އޭޕްރީލު 2025 - 18:25

ހިޔާ ޓަވަރުގެ ކަރަންޓް މަސައްކަތެއް ކުރުމަށް މާދަމާގެ ހިޔާ އެކެއްގެ ބައެއް އެޕާޓްމެންޓްތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

https://wamco.com.mv/

ސްޓެލްކޯ އިން ބުނީ ހިޔާ ޓަވަރުތަކުގައި ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއް ކުރުމުގެ ގޮތުން އެކިދުވަސްތަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަަމަށެވެ.

ހިޔާގެ ފުރަތަމަ ޓަވަރެުގެ މަސައްކަތް ކުރުމަށް 12 އޭޕްރިލް ވާ އާދިއްތަ ދުވަހު ހެނދުނު 9 އިން ހަވީރު 17:00 އާ ދެމެދު އެ ޓަވަރުގެ ކޮންމެ އެޕާޓްމެންޓަކުންވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓްގެ ހިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ކަރަންޓްގެ ހިދުމަތް މެދުކެނޑުމުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.

މާލެ ސަރަހައްދުގެ ކަރަންޓްގެ ހިދުަމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސްޓެލްކޯއިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay