
ޝަރުއީ ދާއިރާ އިސްލާހުކުރަން ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭ: މަޖިލީހުގެ ނައިބުރައީސް

މުޙައްމަދު ފަޟްލޫން - 25 ޖޫން 2025 - 05:45
ޝަރުއީ ދާއިރާ އިސްލާހުކުރަން ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް މަޖިލީހުގެ ނައިބުރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެެވެ.
މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ފެންވަރު ރަނގަޅު ވަކީލިން ނުލިބެނީ ޝަރުއީ ދާއިރާގެ ގާނޫނުތައް އިސްލާހުވެފައިނުވާތީ ކަމަށެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ މުސާރައިގެ އޮނިގަނޑު ސިވިލް ސާވިސްގެ މުސާރައިގެ އޮނިގަނޑާއި އެއްގޮތަށް އޮތުމުގެ ސަބަބުން ފެންވަރު ރަނގަޅު ވަކީލުން ލިބުން ދަތިވެފައިވާ ކަމަށް މީގެ ކުރިން ބަންޑާރަ ނައިބު ވިދާޅުވެފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ މަސައްކަތް ބޭނުންވާ ސްޕީޑްގައި ކުރިއަށް ނުދާކަން އެނގޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މަޖިލީހަށް ބަންޑާރަ ނައިބުގެ އޮފީހުން ބިލްތައް އައުމުގައި ލަސްތަކެއް އުޅޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން ހެދިފައިހުރި ގާނޫނުތައް އިސްލާޙުކޮށްގެން ވަރަށް ގިނަ ކަންކަން ރަނގަޅުކުރަންވެފައި އެބަހުރި ކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ކޯޓްތަކާއި ޝަރުއީ ދާއިރާގެ ކަންކަން އިސްލާހު ކުރުމަށް ވަރަށްގިނަ ގާނޫނު ތަކަށް އިސްލާހު ގެންނަންޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އެގޮތުން މަދަނީ ކޯޓްގައި މިހާރު ފުނިޖެހިފައިހުރި ގިނަ މައްސަލަތަކަކީ މަދަނީ އިޖްރާއަތުގެ ގާނޫނުގެ ސަބަބުން ފުނިޖެހިފައިވާ މައްސަލަތަކެއް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މަދަނީ އިޖްރާއަތުގެ ގާނޫނު ވުޖޫދަށް ގެނެވުނު އިރުގައި އެ ރޯލްއައުޓް ކުރެވިފައި އޮތީ އެކަން ކުރަންވާ ގޮތަށް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންވުމުގެ ސަބަބުން މީޑިއޭޝަންގެ މަރުހަލާ މެދުކެނޑިފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެ އިސްލާޙުތަކަކީވެސް ވަރަށް ބޮޑެތި އިސްލާހުތަކެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެ މަސައްކަތް ނުނިންމާ މަޖިލީހަށް އެފަދަ މުހިއްމު ބިލުތައް ނައިސް ލަސްވަމުންދާތީ އެކަމުގެ ހައްލެއްގެ ގޮތުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނަށް އިސްލާހު ހުށަހެޅިގެން ގޮސްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ގާނޫނަށް އަމަލުކުރުމަށް 90 ދުވަހުގެ މުއްދަތެއް ކަނޑައެޅިފައިވާއިރު އެ މުއްދަތުގެ ތެރޭގައި ބަންޑާރަ ނައިބުގެ އޮފީހުގެ މުސާރައިގެ އޮނިގަނޑަށް ގެންނަ އިސްލާހު ފާސްވެގެން އެ އޮނިގަނޑު އެކުލަވާލެވި އަލުން އެތަނަށް މުވައްޒަފުން ހޯދިގެން ދިއުމާއެކު ބަންޑާރަ ނައިބުގެ އޮފީހުގައި މިހާރު ފުނިޖެހިފައި ހުރި މަސައްކަތްތައް ކުޑައަޑިވެގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން