logo

ފުރަތަމަ ހަމަސްދުވަހު ބީއެމްއެލްއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިއްޖެ

profile

މުޙައްމަދު ފަޟްލޫން - 30 ޖުލައި 2026 - 06:36

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ދެވަނަ ކުއާޓަރގެ ނަތީޖާ އާންމުކޮށްފިއެވެ.

https://wamco.com.mv/

ބީއެމްއެލްގެ ތަަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާއަކީ 1.3 ބިލިއަން ރުފިޔާއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ.

ބޭންކުގެ މައިގަނޑު ވިޔަފާރިތަކުން ލިބުނު މި ކާމިޔާބީއަކީ ހަރުދަނާ އުސޫލުތަކާއި ހިންގުން ހަރުދަނާ ކުރުމުގެ ނަތީޖާއެވެ.

ވޭތުވެދިޔަ ހަ މަހު ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި އިންޓްރެސްޓާއި ފީ އަދި ކޮމިޝަންގެ ގޮތުގައި ލިބުނު ފައިސާ ހިމެނެއެވެ.

ބޭންކުގެ ހިންގުމުގެ ޚަރަދު އާމްދަނީގެ 28 އިންސައްތައިގައި ހިފެހެއްޓިފައިވާއިރު، 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ވަނީ 62.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ކަސްޓަމަރުންގެ ޑިޕޮސިޓް 41.6 ބިލިއަން ރުފިޔާއަށް އަދި ލޯނު ޕޯޓްފޯލިއޯ 30.5 ބިލިއަން ރުފިޔާއަށް ކުރިއަރާފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އަލަށް 8 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށް އިގްތިސާދީ ކުރިއެރުމަށް ބޭންކުން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، ބޭރު ފައިސާގެ މުއާމަލާތްތަކަށް އެހީވުމުގެ ގޮތުން 166 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ރާއްޖެއިން ބޭރަށް ފޮނުވި ރެމިޓެންސް މުއާމަލާތްތަކުގެ އަދަދު ވަނީ ކުރީ އަހަރާ އަޅައިބަލާއިރު 20 އިންސައްތަ އިތުރުވެފައެވެ.

މި އަހަރުގެ ފުރަތަމަ 6 މަސްދުވަހު ބޭންކުން ވަނީ ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް 478 މިލިއަނަށްވުރެ ގިނަ ޑޮލަރު ފޯރުކޮށްދީފައެވެ.

މީގެ ތެރެއިން 226 މިލިއަން ޑޮލަރަކީ ކާޑުތަކުން ރާއްޖެއިން ބޭރުގައި ކުރި މުއާމަލާތްތަކަށް ދޫކުރި ފައިސާއެވެ.

މިއީ ކުރީ އަހަރުތަކާ އަޅައިބަލާއިރު ބޮޑު އިތުރުވުމެއް ކަމަށްވާއިރު، މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިއަން ޑޮލަރު ބޭންކުން ދަނީ ފޯރުކޮށްދެމުންނެވެ.

ޑޮލަރު ލިބުމުގެ ދަތިތަކާއެކުވެސް، އިގްތިސާދަށް އެހީތެރިވުމަށާއި ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމުގެ އިތުރުން ހިދުމަތްތައް ތަރައްގީކުރުމަށް ބޭންކުން ދަނީ ބޮޑު އިސްކަމެއް ދެމުންނެވެ.

މީގެ ތެރޭގައި ގެދޮރުވެރިކަމުގެ ފައިނޭންސިންގ ފުޅާކުރުމާއި، މޯލްޑިވްސް އޭއައި ލެބް އުފެއްދުމާއި، ލީޑަރޝިޕް ކުރިއެރުވުމުގެ އިތުރުން ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވަނުމަށް ތައްޔާރުވުން ހިމެނެއެވެ.

ބީއެމްއެލް 2026 އާ ކުރިމަތިލަނީ މާލީގޮތުން ވަރުގަދަ އަދި ހަރުދަނާ ހާލަތެއްގައި އޮވެ، ކަސްޓަމަރުންނަށާއި ގައުމީ އިގްތިސާދަށް އެހީތެރިވުމުގައި ދެމިއޮތުމުގެ ސާބިތު އަޒުމާ އެކުގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk