
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޭރު މީހަކު ހައްޔަރުކޮށްފި

އާމިނަތު ޝަޒްލާ - 07 އޯގަސްޓު 2026 - 10:19
ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޭރު ގައުމެއްގެ މީހަކު ދިވެހި ފުލުހުންގެ ހިދުމަތުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށްވާ މޮހައްމަދު ޓަފެޖުލްއެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ ޓްރެފިކްކުރުމުގެ ސީރިއަސް ތުހުމަތެވެ.
މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ބެލެވޭ މިންވަރަށް ހެކި ލިބިފައިވެއެވެ. އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މައްސަލަ ހުށަހެޅި ފޯމާއި، ހާދިސާ ހިނގި ސީނަށް ދިޔަ ފުލުހުންގެ ބަޔާންތައް ހެކީގެ ގޮތުގައި ހުށަހަޅާފައިވާކަން ކޯޓުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އޭނާ ރާއްޖެ އައިއިރު ގެނައި ލަގެޖުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ކޯޓު އަމުރުގައިވެއެވެ. އެހެންކަމުން އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު މޮހައްމަދު ޓަފެޖުލް ވަނީ އޭނާގެ ދިފާއުގައި ވަކީލަކު އައްޔަންކުރުމުގެ ފުރުސަތަކަށް އެދިފައެވެ. ކޯޓުން އޭނާ 15 ދުވަހަށް ބަންދުކުރަން އަމުރުކުރި ނަމަވެސް، އޭނާ ވަކީލަކު އައްޔަންކޮށްފިނަމަ ބަންދުގެ މުއްދަތު މުރާޖާކުރުމަށް ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

"ދަތިވެއްޖެ!" އެމްޑީޕީގެ ޕިކަޕް ޖަލްސާއަށް ހުރިހާ ބޭފުޅުންނަށް ދަޢުވަތު އަރުވައިފި
15 ގަޑިއިރު ކުރިން
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބޮޑު ބަދަލެއް ގެންނަން ޖެހިއްޖެ: ފައްޔާޒް
16 ގަޑިއިރު ކުރިން

ފެހި ޤާނޫނުއަސާސީގެ ރޫޙާ ޚިލާފަށް ބާރުތައް މަސްހުނިވަމުންދާތީ ކުރީގެ ނައިބު ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި
16 ގަޑިއިރު ކުރިން

"ބޮޑު ބަދަލު" އިސްލާހީ އެޖެންޑާއަށް އާންމުންގެ ހިޔާލު ހޯދުމަށް ޚާއްސަ ވެބްސައިޓެއް!
16 ގަޑިއިރު ކުރިން


