
ލުބުނާނުން 5 މީހުން މަރާލައިފި

މުޙައްމަދު ފަޟްލޫން - 20 ޖޫން 2026 - 09:52
އިސްރާއީލާއި ލުބުނާނުގެ ހިޒްބުﷲ އާ ދެމެދު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކޮށްފައިވަނިކޮށް، އިސްރާއީލުން އަނެއްކާވެސް ލުބުނާނަށް ވަރުގަދަ ހަމަލާތަކެއްދީ 5 މީހުން ޝަހީދުކޮށްލައިފިއެވެ.
ޚަބަރުތައް ބުނާގޮތުން، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފުރަތަމަ ގަޑިއިރުގެ ތެރޭގައިވެސް އިސްރާއީލުން ވަނީ ލުބުނާނުގެ 12 ސަރަޙައްދަކަށް ބޮންއަޅައި، ގިނަ ބަޔަކު ޒަޚަމްކޮށްލާފައެވެ.
މިގޮތުން އިސްރާއީލުގެ ޑްރޯން ހަމަލާއެއްގައި ދެ މީހަކު ޝަހީދުކޮށްލާފައިވާއިރު، އޭގެ ފަހުން ދިން އެކި ހަމަލާތަކުގައި އިތުރު ތިން މީހަކު ވަނީ ޝަހީދުވެފައެވެ.
މި އެއްބަސްވުން ގާއިމުކުރެވުނީ، ލުބުނާނުން ފޭބުމަށް އިސްރާއީލުން އިންކާރުކޮށް، މެދުނުކެނޑި ވައިގެ ހަމަލާތައް ދެމުންދާތީ އެކަމުގެ ކަންބޮޑުވުން އީރާނުން ފާޅުކުރަމުން ދަނިކޮށެވެ. އިސްރާއީލުގެ އުދުވާނުތައް ކުށްވެރިކުރުމުގެ ގޮތުން އީރާނުން ވަނީ ހޮރްމޫޒު ކަނޑުއޮޅިވެސް ބަންދުކޮށްފައެވެ.
އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވީ އިއްޔެ ރާއްޖެ ގަޑިން އިރުއޮއްސި 6:00 ގައެވެ.
އެމެރިކާ އާއި ގަތަރު މެދުވެރިވެގެން، އިސްރާއީލާއި އީރާނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު އެކުލަވާލި މި އެއްބަސްވުމަކީ، އެމެރިކާ އާއި އީރާނާ ދެމެދު ސޮއިކުރެވުނު ވަގުތީ އެއްބަސްވުމުގެ (އެމް.އޯ.ޔޫ) ދަށުން ނިންމުނު ނިންމުމެކެވެ.
މިދިޔަ މާޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 3,980 މީހުން ޝަހީދުވެފައިވާއިރު، 12,001 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސިނގިރޭޓަކުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން މަޖިލީހަށް ހުށަހަޅައިފި
3 ގަޑިއިރު ކުރިން

ރަޖިސްޓްރީ ނުކޮށް ސަނަދުތަކެއް ދޫކުރުމުން އެވިޑް ކޮލެޖް ޖޫރިމަނާކޮށްފި
4 ގަޑިއިރު ކުރިން

ޔޫއޭއީން 786 ޓަނުގެ އިންސާނީ އެހީ ޣައްޒާ އަށް ފޮނުވައިފި
5 ގަޑިއިރު ކުރިން

ހުސްވި މަހު ކުޑަކުދިންނާއި ގުޅުންހުރި 81 މައްސަލަ ރިޕޯޓްކޮށްފައިވޭ: ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ
5 ގަޑިއިރު ކުރިން


.gif&w=3840&q=75)