logo
 މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަށް އޮތް ގޮންޖެހުމަކީ ފަސިންޖަރުން މަދުވުން: އަމީން

profile

މުޙައްމަދު ފަޟްލޫން - 30 ޖޫން 2026 - 07:53

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް ކުޑަކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެއާލައިންތަކުގެ ހިންގުމުގެ ހަރަދާ އަޅާބަލާއިރު ދަތުރުވެރިންގެ އަދަދު މަދުވުންކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ، މޯލްޑިވިއަން އިން ބޭނުންކުރާ އޭޓީއާރް މަރުކާގެ ބޯޓުތަކަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވާ، ރައްކާތެރި އުޅަނދުތަކެއް ކަމަށެވެ.

އެހެންނަމަވެސް، އެ ބޯޓުތަކުގެ އިންޖީނު މަރާމާތުކުރުމާއި އޮޕަރޭޝަނަލް ހަރަދުތަކަށް ރިޢާޔަތްކުރާއިރު، މިހާރު ހުރި ޓިކެޓްގެ އަގުތަކަކީ ހިންގުމުގެ ޚަރަދާ އަޅާބަލާއިރު އެކަށީގެންވާ އަގުތަކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ބައިނަލްއަޤުވާމީ އެއާލައިންތަކުގެ އަގުތައް 30 އާއި 40 އިންސައްތައާ ދެމެދު ބޮޑުވެފައިވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހި ސަރުކާރުން ވަނީ އެ ބުރަ ރައްޔިތުންނަށް ނުޖައްސައި، އަގުތައް އެއްވަރެއްގައި ހިފަހައްޓާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މޯލްޑިވިއަންގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ދެވަނަ "ވައިޑް-ބޮޑީ" މަތިންދާބޯޓެއް ހޯދުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައި ކަމަށެވެ.

އުއްމީދަކީ އަންނަ އަހަރުގެ ތެރޭގައި އެ ބޯޓު އޮޕަރޭޝަނަށް ނެރެ، ބައިނަލްއަޤުވާމީ އާ މަންޒިލްތަކަށް ދަތުރުތައް ފެށުންކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk