
ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފައިސާ ދެއްކުމަށް ބީއެމްއެލުން ލިމިޓެއް ދެނީ

މުޙައްމަދު ފަޟްލޫން - 25 ޖޫން 2026 - 10:01
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ހުރިހާ ދަރިވަރުންނަށް، ވިސާ ފީ ދެއްކުމަށް ބޭނުންވާ ބޭރު ފައިސާގެ ލިމިޓް ހަމަޖައްސައިދޭން އެ ބޭންކުން ނިންމައިފިއެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި، މީގެ ކުރިން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ ފީ ދެއްކުމަށް ކާޑު ލިމިޓް ދޫކުރަމުން އައީ ވަކިވަކި ހުށަހެޅުންތަކަށް ބެލުމަށްފަހު 'ކޭސްބައި ކޭސް' އުސޫލުންނެވެ. ނަމަވެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެހީތެރިކަމާއެކު މިއަދުން ފެށިގެން، ވިސާ ފީ ދެއްކުމަށް އެދި ހުށަހަޅާ ހުރިހާ ދަރިވަރުންނަށް ވެސް ކާޑު ލިމިޓް ހަމަޖައްސައިދޭން މިހާރު ވަނީ ނިންމާފައެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ޚަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާއެކު ހަމަޖެއްސޭނެ އިންތިޒާމުތަކެއް ބީއެމްއެލް އިން ވަނީ ގާއިމުކޮށްފައެވެ. އެގޮތުން، ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމަށްޓަކައި ރުފިޔާ ކާޑަށް މަހަކު 1,200 ޑޮލަރުގެ ލިމިޓެއް ދަރިވަރުންނަށް ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން، ދަރިވަރުން ނުވަތަ ބެލެނިވެރިޔާގެ ރުފިޔާ އެކައުންޓުން ޓިއުޝަން ފީ އާއި ތައުލީމާ ގުޅުންހުރި އެހެނިހެން ޚަރަދުތަކަށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ފުރުސަތު ވެސް ބޭންކުން ވަނީ ފަހިކޮށްދީފައެވެ.
ތައުލީމާއި މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ސްޓައިޕެންޑާއި އެހެނިހެން ހަރަދުތަކަށް ބޭނުންވާ ފައިސާ، ދަރިވަރުންގެ ދިވެހި ރުފިޔާ އެކައުންޓުން ބޭރުގައި ބޭނުންކުރާ އެކައުންޓަށް ސީދާ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ.
މި ނިޒާމުގެ ސަބަބުން، ކިޔެވުމާއި ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ފައިސާ އެއްވެސް މެދުކެނޑުމެއްނެތި ދަރިވަރުންނަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ބީއެމްމްއެލްއިން ވަނީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަގީންކަން ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

ތާރުއަޅާތީ ކާނިވާ ސަރަހައްދުން ފެރީ ޓާމިނަލާއި ހަމައަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އަންގައިފި
5 ގަޑިއިރު ކުރިން

ހިރިމަރަދޫއިން ހޯރަފުއްޓަށް ހިޖުރަކުރަން ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލައިފި
5 ގަޑިއިރު ކުރިން

2028ގައި މަސްވެރިންނަށް ބޭނުންވާ އެން ފޯރުކޮށްދިނުމަށް މަޝްރޫޢުއެއް!
5 ގަޑިއިރު ކުރިން

ބޭރުގެ މަސްބޯޓުތަކެއް އުޅޭކަން ފާހަގަކުރެވިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)