logo

'ބޮޑުތަކުރުފާނު މަގު ހެދުން" 4 ވަނަ ސެބްމެންޓުގެ މަސައްކަތުގައި މަގު އެއްވަރު ކުރަނީ

profile

ރިޟްވާން މޫސާ - 05 ޖޫން 2026 - 10:25

މާލޭ އުތުރު ފަރާތުގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ބާރު ސްޕީޑުގައި މި މަސައްކަތް ކުރިއަށްދާ ކަމަށާއި، މިވަގުތު ކުރިއަށްދަނީ ހަތަރު ވަނަ ސެބްމެންޓުގެ މަސައްކަތުގެ ތެރެއިން މަގު އެއްވަރު ކުރުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްޓީސީސީން ބުނެފި އެވެ.

https://wamco.com.mv/

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން ޕޭވްމަންޓް ހެދުމާއި، ފެން ހޮޅީގެ މައި ނެޓްވޯކް އެޅުމާއި، ކާބްސްޓޯން ޖެހުމާއި، ކެޗްޕިޓް އަދި ކޭބަލް ޖަންކްޝަންތަކުގެ މަސައްކަތުގެ 52 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

އެމްޓީސީސީން ބުނީ ނަރުދަމާ އާއި ފެނުގެ އާ ކަނެކްޝަންތައް ގުޅައިދިނުމުގެ މަސައްކަތް އަންނަ ހަފުތާގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށާއި، މަގުހެދުމުގެ މަސައްކަތުގެ އިތުރަށް ކުރަންހުރި މަސައްކަތް ވެސް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށެވެ.

undefined

ހަމައެއާއެކު، ފެން ހިންދާ ޕަންޕް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ޖޫން މަހުގެ މެދުތެރެއަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެއްގަމު ތޮށީގެ 130 މީޓަރުގެ ސަރަހައްދެއްގައި ކެޕިންގ ކޮންކްރީޓް އެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ކުރިއަށްދާނެ ކަމަށް ވެސް އެމްޓީސީސީން މައުލޫމާތު ދެއްވަ އެވެ.

މުޅި މި ޕްރޮޖެކްޓާއި ބެހޭގޮތުން އެމްޓީސީސީން ބުނީ ޕްރޮޖެކްޓްގެ ފަސްވަނަ ސެގްމެންޓްގެ ބޮޑު ބައެއް މިހާރު ވަނީ އެއްކޮށް ނިމިފައި ކަމަށެވެ. އެގޮތުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެފްއެސްއެމްގެ އިމާރާތާ ހަމައަށް އޮންނަ ބައިގައި ތާރުއެޅުމަށް މިހާރު ވަނީ ފުރިހަމައަށް ތައްޔާރުކުރެވިފައެވެ. މީގެ އިތުރުން، އެ ކުންފުނީގެ އަމާޒަކީ އަންނަ ޖުލައި މަހުގެ ނިޔަލަށް މުޅި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުން ކަމަށެވެ.

undefined

މަގު ހެދުމުގެ އެހެނިހެން ސެގްމެންޓްތަކުގެ ތެރެއިން ދެވަނަ، ތިންވަނަ އަދި ހަތަރުވަނަ ސެގްމެންޓްގައި މިވަގުތު ކުރިއަށްދަނީ ޝީޓްޕައިލް ކުރުމާއި، ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓު ކޭބަލްތަކަށް ބޭނުންވާ ޖަންކްޝަންތަކާއި ހޮޅިވަޅުލުމުގެ މަސައްކަތްތަކެވެ. މީގެ އިތުރުން ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި ދުވާރު ހެދުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.

ބޮޑުތަކުރުފާނު މަގު އަލުން ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިއްޒުއްދީން ފާލަމުން ފެށިގެން ގޮސް ހެންވޭރު ފެރީ ޓާމިނަލާ ދެމެދުގައިވާ 700މީޓަރުގެ ސަރަޙައްދެވެ. މިއީ މާލޭގެ އާންމު ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުއިފަސޭހަކަމެއް ގެނެސްދޭނެ މުހިންމު މަސައްކަތެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk