logo

އެމްޑީޕީ ވެރިކަން ބަދަލުވުމަކީ، ރާއްޖޭގައި އިސްލާމްދީން ދެމެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ރަހުމަތެއް : ފަލާހު

profile

އައިޝަތު އިނާޝާ - 11 ފެބްރުއަރީ 2026 - 07:12

އެމްޑީޕީ ވެރިކަން ބަދަލުވުމަކީ މި ގައުމަށް ލިބުނު ނަސީބެއް ކަމަށާއި މިއީ އިސްލާމީ ގައުމެއްގައި އިސްލާމްދީން ދެމެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ރަހުމަތެއް ކަމަށް މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިސްކިތްތަކަށް ގެއްލުންދިނުން ޓެރަރިޒަމްގެ އަމަލަކަށް ހަދަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި އިސްލާހަށް ސަރުކާރުން ތާއިދު ކުރާނެ ކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުއަކީ މިހާތަނަށް ރާއްޖޭގައި އިސްލާމީ ވަހުދަތު ހިފެހެއްޓުމަށްޓަކައި އެންމެ ބޮޑު މަސައްކަތްޕުޅެއް ކުރައްވާ ރައީސް ކަމަށެވެ.

އަޅުގަނޑު ދެރަވޭ މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެންބަރު މުހައްމަދު އިބްރާހީމް ނެތީމާ، އެހެންނަމަ އެދުވަހު މިކަން ވަރަށް ބޮޑަށް މަނާ ކުރެވުނީސް: ފަލާހު

ފަލާހު ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި މިސްކިތްތަކުގައި ކައިބޮއި، ނިދާ، މަސްތުވާތަކެއްތި ބޭނުންކޮށް އެފަދަ ދަށުދަރަޖައިގެ އެތައް އަމަލެއް ހިންގާފައިވާ ކަމަށެވެ. އެހެންނަމަވެސް ފެނިގެންދިޔައީ އެކުށް ކުރާ މީހާ އިންސާފުގެ ކުރިމައްޗަށް ގެނެސްފައި ވަގުތުން ދޫކޮށްލާ މަންޒަރު ކަމަށް ފަލާހު ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ އެމްޑީޕީ ވެރިކަން ބަދަލުވުމަކީ މި ގައުމަށް ލިބުނު ނަސީބެއް ކަމަށެވެ.

މިއީ އިސްލާމީ ގައުމެއްގައި އިސްލާމްދީން ދެމެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ރަހުމަތެއް: އެމްޑީޕީއަކީ އަބަދުވެސް ލާދީނީ ފިކުރުގެ ބައެއް: ފަލާހު

ފަލާހު ވިދާޅުވި ގޮތުގައި އެމްޑީޕީ ވެރިންގެ ވީޑިއޯތަކާއި އޯޑިއޯތައް މީގެކުރިން ދައުރުވެފައިވާއިރު، މަސްތުވާތަކެއްޗަށް ހިތްވަރުދީފައިވެއެވެ. ފަލާހު ވިދާޅުވީ އެމްޑީޕީން ޓެރަރިިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު މިއަދު މަޖިލީހުން ފާސްކުރިޔަސް އަނެއްކާވެސް އެމްޑީޕީ ވެރިކަމެއް ގާއިމުކުރެވުމާއެކު އެކަންކަން ނިގުޅައިގަންނާނެ ކަމަށާއި ރަނގަޅު އިސްލާހެއް ނަމަ އިދިކޮޅު މެންބަރުންވެސް ބަލައިގަންނަން އެބަޖެހޭ ކަމަށެވެ.

ޖުމްލަ ގޮތެއްގައި މިދަންނަވަނީ އެމްޑީޕީ މީހުންނަކީ ނުލަފާ ބައެކޭ: ފަލާހު

ފަލާހު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ނިރުބަވެރިންގެ ބޮޑު ހަމަލާއެއް ރާއްޖޭގައި ހިނގާފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބޮމުގެ ހަމަލާއެއް ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ދީފައިވާ ކަމަށާއި މިހާތަނަށް އައިއިރު އެ މައްސަލައަށްވެސް އިންސާފެއް ލިބިފައިނުވާކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay