"ފީއަލީ އަލިފާނުގެ ހާދިސާ" ލިބުނު ގެއްލުންތަކަށް ސަރުކާރުން އެހީވަނީ

ރިޟްވާން މޫސާ - 12 އޭޕްރީލު 2026 - 08:13
ފ. ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާގައި އެރަށުގެ މަސްވެރިކަމުގެ ސިނާޢަތަށް ލިބުނު ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން އެރަށަށް ޒިޔާރަތްކޮށްފިއެވެ.
ފީއަލީގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
ހެނދުނު 09:30 ހާއިރު އެރަށު ބަނދަރު ސަރަހައްދުގައި ހިނގި މި އަލިފާނުގެ ހާދިސާގައި އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވިފައި ވަނީ އެދުވަހުގެ މެންދުރު 13:50 ހާއިރު އެވެ.
މި ހާދިސާ އާއި ގުޅިގެން ބިދޭސީ އަކު ވަރަށް ބޮޑަށް ފިހިފައިވާއިރު އެމީހާ އަށް ވެންޓިލޭޓަރުގައި މިވަގުތު ވެސް އަންނަނީ ފަރުވާދެމުންނެވެ.
މި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނު އިރު ތެޔޮ ބޯޓުގެ އިތުރުން 3 ދޯންޏަކާއި އެ ރަށު އައިސް ޕްލާންޓުގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.
މި އަލިފާނުގެ ސަބަބުން މަސްވެރިކަމުގެ ވަސީލަތްތަކަށް ލިބުނު ގެއްލުންތައް ވަޒަންކޮށް ސަރުކާރުން އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ޚާއްސަ ޓީމެއް މިހާރު ވަނީ އެރަށަށް ގޮސްފައެވެ.
ފ. އަލީ އަލިފާނުގެ ހާދިސާގައި އަނދާފައިވާ އައިސްްޕްލާންޓަކީ 25 ޓަނުގެ އައިސް އުފެއްދޭ އައިސް ޕްލާންޓެކެވެ. މިފްކޯއިން ވިދާޅުވީ އަލިފާން ރޯވި ތެޔޮ ބޯޓާއި ފީއަލީ އައިސްޕްލާންޓާއި ދެމެދު ހުރީ އެންމެ 15 ވަރަކަށް ފޫޓު ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ނިޔާވެއްޖެ!
3 ގަޑިއިރު ކުރިން

އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރު މަގާމުން އިސްތިއުފާ ދެއްވައިފި
4 ގަޑިއިރު ކުރިން

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުން ފަރުހަތު އިސްތިއުފާ ދެއްވައިފި
4 ގަޑިއިރު ކުރިން

ޢިރާޤުގެ އައު ރައީސް އަކަށް ނިޒާރު އަމަދީ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)