logo

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުން ފަރުހަތު އިސްތިއުފާ ދެއްވައިފި

profile

މުޙައްމަދު ފަޟްލޫން - 12 އޭޕްރީލު 2026 - 10:30

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުން ފަރުހަތު ޝަހީރު އިސްތިއުފާ ދެއްވައިފިއެވެ.

https://wamco.com.mv/

ފަރުހަތު އިސްތިއުފާ ދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ޕީސީބީ އިން ބުނީ ފަރުހަތު މިއަދު މަގާމުން އިސްތިއުފާ ދެއްވަން ހުށަހަޅުއްވާފައިވާތީ އޭނާ މަގާމުން މިއަދު ވަކިކޮށްފައިވާ ކަމަށެވެ.

ފަރުހަތު މިފްކޯގެ އެމްޑީ އާއި ސީއީއޯ ކަމުގެ މަގާމާއި ހަވާލްވެވަޑައިގެންނެވީ ހުސްވި އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

ފަރުހަތު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިފްކޯއިން ތެޔޮ މަސްދަޅު އަގު ބޮޑުކުރަން ނިންމުން ބަދަލުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ފަރުހަތު މިފްކޯގެ ސީއީއޯ ކަމުގެ މަގާމަށް އައްޔަނު ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ ވިޓާލި ލުބިމޯވް މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ.

ފަރުހަތު ޝަހީރަކީ މީގެކުރިން ދައުލަތުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމް ފުރުއްވާފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޝަހީރު ސިފައިންގޭގެ ވައިސް ޗީފްގެ މަގާމުގައި ހުންނެވުމަށްފަހު އޭނާ ސިފައިންގެ ހިދުމަތުން ރިޓަޔަރ ކުރެއްވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk