
އިރާގުގެ އައު ރައީސް ނިޒާރު އަމަދީ
ޢިރާޤުގެ އައު ރައީސް އަކަށް ނިޒާރު އަމަދީ

ރިޟްވާން މޫސާ - 12 އޭޕްރީލު 2026 - 08:18
ޢިރާޤުގެ ޤާނޫނު ހަދާ މަޖިލީހުން އެ ޤައުމުގެ އައު ރައީސްގެ މަޤާމަށް ކުރުދީ ސިޔާސީ ލީޑަރެއް ކަމަށްވާ ނިޒާރު އަމަދީ އިންތިޚާބުކޮށްފިއެވެ.
އުމުރުން 58އަހަރުގެ އަމަދީއަކީ ޢިރާޤުގެ ތިމާވެއްޓާބެހޭ ވަޒީރުގެ މަޤާމު މީގެ ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ. 2024ވަނަ އަހަރުން ފެށިގެން އޭނާ ގެންދެވީ ބަޣުދާދުގައި ހުންނަ ޕެޓްރިއޮޓީކް ޔޫނިއަން އޮފް ކުރުދިސްތާން، ޕީޔޫކޭގެ ސިޔާސީ އޮފީސް ހިންގަވަމުންނެވެ.
އިރާގުގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރި ކަމުގައިވިނަމަވެސް އެ މަގާމަކީ ރަމްޒީ މަގާމެކެވެ. ގޮތް ނިންމުމާއި އެންމެހައި ހަރަކާތްތަކެއް ހިންގުމާއި، އެންގުތައް އެންގުމުގައި ފުރިހަމަ ބާރު އޮންނާނީ އެއިރެއްގައި ހުންނަ ބޮޑުވަޒީރުގެ އަތްޕުޅުގަ އެވެ.
އެ ޤައުމުގެ ސިޔާސީ ނިޒާމު ބައްޓަންކޮށްފައި އޮންނަ ގޮތުން ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަނުކުރަން ޖެހޭނީ ޝީޢީ މުސްލިމެކެވެ. އަދި ޤާނޫނުހަދާ މަޖިލީހުގެ ރައީސްގެ މަޤާމަށް ސުންނީ މުސްލިމެކެވެ. ޤައުމުގެ ރައީސްގެ މަޤާމަށް ޢައްޔަނުކުރަން ޖެހެނީ ކުރުދީއެކެވެ.
އިރާގުގައި މިހާރު ކުރިއަށް ދަނީ ބޮޑުވަޒީރަކު އިންތިހާބު ކުރުމަށް އެގައުމުގެ ގާނޫނުހަދާ މަޖިލީހުން ކުރަމުންދާ ބައެއް މަސައްކަތްތަކެއް. މި އިންތިޙާބު ވެގެންދާނީ އިރާގުގައި ބާއްވާ އެންމެ ބޮޑު އެއް އިންތިހާބަށެވެ.
ޢިރާޤުގެ ކުރީގެ ބޮޑުވަޒީރު، ނޫރީ އަލް-މާލިކީ ބޮޑު ވަޒީރުގެ މަޤާމަށް އަލުން ޢައްޔަނު ކޮށްފިނަމަ އެމެރިކާއިން ޢިރާޤަށް ވާގިވެރިވުން ހުއްޓައިލާނެ ކަމުގެ އިންޒާރު އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވައިފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ނިޔާވެއްޖެ!
5 ގަޑިއިރު ކުރިން

އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރު މަގާމުން އިސްތިއުފާ ދެއްވައިފި
5 ގަޑިއިރު ކުރިން

އެއާޕޯޓް ޑިވަލޮޕްމަންޓު ފީއަށް ބޮޑު އާންމުދަނީ އެއް!
8 ގަޑިއިރު ކުރިން
"ފީއަލީ އަލިފާނުގެ ހާދިސާ" ލިބުނު ގެއްލުންތަކަށް ސަރުކާރުން އެހީވަނީ
8 ގަޑިއިރު ކުރިން


.gif&w=3840&q=75)