logo
އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުން މިއަދު އިސްތިއުފާދެއްވި އަބުދުލް މަތީން މުހައްމަދު

އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުން މިއަދު އިސްތިއުފާދެއްވި އަބުދުލް މަތީން މުހައްމަދު

އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރު މަގާމުން އިސްތިއުފާ ދެއްވައިފި

profile

ރިޟްވާން މޫސާ - 12 އޭޕްރީލު 2026 - 10:34

މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ( އެމްޑަބްލިއުއެސްސީ ) ގެ މެނޭޖިންދ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުނެވި އަބުދުލް މަތީން މުހައްމަދު އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

https://wamco.com.mv/

މަތީން އިސްތިއުފާ ދެއްވައިކަން ހާމަކޮށްފައިވަނީ އޭނާގެ އަމިއްލަ އެކްސް އެކައުންޓް މެދުވެރިކޮށެވެ.

މަތީން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަން ކޮށްފައި ވަނީ 28 ނޮވެމްބަރ 2023 ގަ އެވެ.

މަތީން ވަނީ އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން ވަނީ އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ. މީގެ އިތުރުން ވަނީ މައިކްރޯ ބިލްޑާސް ޕަރައިވެޓް ލިމިޓެޑް ކޮމްޕެނީގެ ވެސް މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމު އަދާކުރައްވާފަ އެވެ.

މަތީން ވަނީ ބިލްޑިންގ ކޮންސްޓްރަކްޝަން ގެ ދާއިރާއިން މެލޭޝިއާއިން މާސްޓަރސް ހާސިލްކުރައްވާފަ އެވެ.

އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުން މަތީން އިސްތިއުފާ ދެއްވާފައިވީ ނަމަވެސް އެކުންފުނީގެ ވެބްސައިޓުގައި އަދިވެސް މަތީން އަކީ މެނޭޖިންގ ޑިރެކްޓަރު ކަމުގެ ގޮތުގައި ވަނީ ހިމަނާފަ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk