
އާޝާ ބޮސްލޭ 1933-2026
މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ ނިޔާވެއްޖެ!

ރިޟްވާން މޫސާ - 12 އޭޕްރީލު 2026 - 11:18
މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މިއަދު ނިޔާވެއްޖެ އެވެ. ނިޔާވީއިރު އުމުރަކީ 92 އަހަރެވެ.
މުމްބާއީގެ ބްރީޗް ކޭންޑީ ޕްރައިވެޓް ހޮސްޕިޓަލުގައި އާޝާ އެޑްމިޓްކޮށްފައިވަނީ 11 އޭޕްރީލް، ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
އާޝާ ބޯސްލޭ އަކީ އިންޑިއާގެ ލަވަކިޔުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ، 70 އަހަރަށްވުރެ ދިގު މާޒީއެއް އޮތް މަޝްހޫރު ލަވަކިޔުންތެރިއެކެވެ.
1960 އާއި 1970 ގެ އަހަރުތަކުގައި "ޕިޔާ ތޫ އަބް ތޯ އާޖާ" އަދި "ޔޭ މޭރާ ދިލް" ފަދަ ލަވަތަކުން ހިންދީ ސިނަމާގެ މިއުޒިކަށް އައު ދިރުމަކާއި ޖޯޝެއް އޭނާ ގެނެސްދިނެވެ.
1990 އާއި 2000 ގެ ކުރީކޮޅު، އާޝާ ބޯސްލޭ ވަނީ ޒަމާނާ އެއްގޮތަށް އޭނާގެ ކެރިއަރު އަނެއްކާވެސް އާކޮށްލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޢީދުގެ މުނާސަބަތުގަ އިސްލާމީ ޤައުމު ތަކުގެ ވެރިންނާއި، އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށް ރައީސްގެ ތަހުނިޔާ!
10 ގަޑިއިރު ކުރިން

އީދުގެ ދުވަސްތަކަކީ، މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅޭން އޮތް ދުވަސްތަކެއް: އީދު ޚުތުބާ
14 ގަޑިއިރު ކުރިން

އަޟްޙާ ޢީދަކީ، މި އުންމަތް އެއް ސަފަކަށް ތަރުތީބު ކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއް: ރައީސް
ދުވަހެއް ކުރިން

ރަޝިޔާ އިން ޔޫކްރެއިން އަށް ވަރުގަދަ ހަމަލާތަކެއް ދީފި
3 ދުވަސް ކުރިން


.gif&w=3840&q=75)