logo

އީދުގެ ދުވަސްތަކަކީ، މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅޭން އޮތް ދުވަސްތަކެއް: އީދު ޚުތުބާ

profile

އާމިނަތު ޝަޒްލާ - 27 މޭ 2026 - 04:40

މި ދުވަހުގެ މާތްކަމާއި މަތިވެރިކަމާއެކު އީދުގެ ދުވަސްތަކަކީ، މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅޭން އޮތް ދުވަސްތަކެއް ކަމަށް މިއަދުގެ އީދު ޚުތުބާގައި ބުނެފިއެވެ.

https://wamco.com.mv/

އީދުގެ ހުރިހާ ހަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިއާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަން ހަނދާންކުރަން ވާނެ ކަމަށް ވަނީ ހުތުބާގައި ބުނެފައެވެ.

މި ދުވަހުގެ މާތްކަމާއި މަތިވެރިކަމާ އެކު ވެސް އީދުގެ ދުވަސްތަކަކީ، މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅޭން އޮތް ދުވަސްތަކެއް ކަމަށާއި، ނަމަވެސް އީދު ފާހަގަކުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެނދުން އެޅުން އަދި ދެޖިންސު މަސްހުނިވެގެން ކުޅިވަރު ކުޅުން ކަހަލަ ކަންކަމުން ދުރުހެލިވާން ޖެހޭނެ ކަމަށް ވަނީ ހުތުބާގައި ބުނެފައެވެ.

އީދުގެ ބޮޑު ޖަމާއަތާއި ހައްޖުގެ މަތިވެރި އަޅުކަމަށް އެތައް ހާސް މުސްލިމުންނެއް ޖަމާވެ ތިބި މައްކާގެ މަތިވެރި ބިމަށް މިވަގުތު ބަލައި މަހުޝަރުގެ މައިދާނުގައި ކޮޅަށް ތިބޭނޭ ދުވަސް ހަނދާނަށް ގެންނަން ހުތުބާގައި ވަނީ ގޮވާލައިފައެވެ. މީގެ އިތުރުން ބޮޑާކަމާއި ކިބުރުވެރިކަމާއި ހަސަދަވެރިކަމާއި ނުނިޔަތްލުން ކަހަލަ ނޭއްގާނީ ކަންކަން އެ މީހެއްގެ ކިބައިގައި ހުރި ނަމަ، އެ ކަންކަން ހިތުން ފިލުވައިލަން ވެސް ވަނީ ގޮވާލައިފއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk