logo

ކޮންގްރެސް ޕާޓީގެ ޚާއްސަ ހަރުގެ ޖަލްސާއެއް މިރޭ

profile

ޒިދާން މުޙައްމަދު - 13 އޮކްޓޯބަރު 2024 - 12:38

ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ ---

ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ ---

ސަރުކާރު ހިންގާ ކޮންގެރެސް ޕާޓީގެ ހަރުގެ ޖަލްްސާއެއް މިރޭ އޮންނާނެކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާތައް ކުރިއަށް ގެންދަނީ ހެންވެއިރު ވެޔޮވިލާގައި ހުންނަ އެޕާޓީގެ ހަރުގޭގައެވެ.

މި ޖަލްސާތަކުގައި ޕާޓީގެ އިސް މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދަނީ ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި އެމައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުންނެވެ.

މިރޭގެ ޖަގަހަ ޖަލްސާވެސް އޮންނާނީ މިރޭ 8:30 ގައި ކަމަށް އެ ޕާޓީން ބުނެއެވެ.

ޕާޓީންވަނީ މި ހަރުގެ ޖަލްސާގައި ބައިވެރިވުމަށް ޕީއެންސީގެ މެމްބަރުންނާއި އެންމެހާ ދިވެހި ރައްޔިތުންނަށް ދައުވަތު ދީފައެވެ.

ކޮންގްރެސް ޕާޓީގެ މައި ހަރުގެ ނިމިދިޔަ ޖޫން މަހު ހުޅުވުމާ އެކު އެ ޕާޓީން އަންނަނީ ހަރުގެ ޖަލްސާތައް އެތަނުގައި ބާއްވަމުންނެވެ.

އާޓިފިޝަލް ބީޗު ކުރިމަތިން އެ ޕާޓީގެ ހަރުގެ ހުޅުވާފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގެ މައި ހަރުގެ ހުޅުވާފައި ހުރި އިމާރާތުގައެވެ. އެ ހަރުގެ ހުޅުއްވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކާމިޔާބަށް ފަހު ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ސުޕަ މެޖޯރިޓީ ހޯދި ކޮންގްރެސް ޕާޓިން ވަނީ އެންމެ ފަހުން ބޭއްވި ބައި އިލެކްޝަންތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

https://int.etukuri.mv/
tel:+9607331319