
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު:
ދިމާވެގެން މިއުޅޭ މައްސަލައަކީ ވައްކަންތަކެއް ބަޔަކަށް ކުރެވިފައި ހުރުން: މެމްބަރު ފަލާހު

އައިމިނަތު ރޫޔާ - 29 އޮކްޓޯބަރު 2024 - 06:38
ދިމާވެގެން މިއުޅޭ މައްސަލައަކީ ވައްކަންތަކެއް ބަޔަކަށް ކުރެވިފައި ހުރުން ކަމަށާއި މި ވައްކަންތައް ފަޅާއަރައި، އެ ތަހުގީގުތައް ނުބައިގޮތަކަށް ހިނގައި އަދަބު ލިބިދާނެތީ ބިރު ހީވުން ކަމަށް، ޕީއެންސީގެ ޕީޖީ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބިލަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ، އޭސީސީގެ ރައީސް އާއި ނައިބު ރައީސް ރައީސުލްޖުމުހުރިއްޔާ އައްޔަން ކުރައްވާގޮތަށް ނިންމަން އުޅޭތީ، މާ ބޮޑު ކަމަކަށް ހަދައިގެން، ދެކެވޭ ވާހަކަތަކަކީ ހަގީގަތުގައި ރައްޔިތުންނަށް އޮޅުވާލުމަށް ދެކެވޭ ވާހަކަތަކެއް ކަމަށެވެ.
"އެންޓި ކޮރަޕްޝަން ކޮމިޝަނަކީ ވަރަށް މުހިއްމު ކޮމިޝަނެއް، އަޅުގަނޑުމެން ހަގީގަތުގައި މި ގައުމު ތަހައްމަލު ކުރަމުން މިދަނީ އިގްތިސާދީ ވަރަށް އުނދަގޫ ހާލަތެއް. ގައުމަކީ މި ގައުމުގެ ނިސްބަތުން، އާބާދީއަށް ބަލާއިރު ވަރަށް ރަނގަޅު އާމްދަނީއެއް ލިބޭ ގައުމެއް. މިގައުމުގެ އާމްދަނީއާ ކުރެވޭ ޙަރަދާއި ނުބައްދަލުވެގެން މިއަދު އަޅުގަނޑުމެނަށް މި ހާލަތު ދިމާވެފައި މިއޮތީ." މެމްބަރު ފަލާހު
ފަލާހު ވިދާޅުވީ އިގްތިސާދީ ގޮތުން މިއަދު އުނދަގޫ ތަހައްމަލު ކުރަން ޖެހިގެން މިއުޅެނީ މީގެކުރިން ވެރިކަންކޮށްފައި ތިބި ވެރިން، އެބޭފުޅުންނަށް ލިބުނު ފަސް އަހަރު، އެ ސަރުކާރުތައް ހިންގާފައި ހުރިގޮތުން ކަމަށެވެ. އަދި 2013 އިން 2018 އަށް ވެސް ޕްރޮޖެކްޓްތައް ހިންގާފައި ހުރީ ހަރަދުކުރަންޖެހޭ މިންވަރާއި އަގާއި އެއްވަރަށް ނޫން ކަމަށް ފަލާހް ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީން ދައްކާ ވާހަކައަކީ އެމްޑީޕީގެ އެކަނި ވިސްނުމަށް ދައްކާ ވާހަކަ ނޫން ކަމަށެވެ.
"ރައީސް ޔާމީނާއި އެމްޑީޕީގެ ވައްކަންކޮށްފައި ތިބި މީހުންނަށް ލައިދީފައި ހުންނާނީ މިއަދު ވާހަކަ ހުންނަންވާނީ މިހެންނޭ، މިކަން މިހެން އޮތިއްޔާ ވަގަށް ނަގާފައި ހުރި ލާރިކޮޅު ފަހަރެއްގައި މިތަންތަނުން ނަގައިގެން ގެންގޮސްދާނޭ." ފަލާހު
ފަލާހު ވިދާޅުވީ، އޭސީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ދިނުމުގެ އިސްލާހަކީ މާ ބޮޑު އިސްލާހެއް ނޫން ކަމަށާއި، ދުނިޔޭގެ ބޮޑެތި ތަހުޒީބު އެހެން ގައުމުތަކުގައިވެސް އަމަލުކުރަނީ މިގޮތަށް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން