logo

ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުކަން ގެއްލޭ ބިލު ތަސްދީގުކުރައްވައިފި

profile

ޝާމާ ޝުޢައިބު - 20 ނޮވެމްބަރު 2024 - 20:32

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މެމްބަރުކަމަށް އިންތިޚާބުވި ހައިސިއްޔަތު ބަދަލުވުމަކީ މެމްބަރުކަން ގެއްލޭނެ ހާލަތެއް ކަމުގައި ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ގެންނައި އިސްލާހުގެ ބިލު ރައީސް ތަސްދީގުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެންބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ހުށައެޅި އިޞްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދުއެވެ.

އެ ބިލަށް މިއަދު މަޖިލީހުގައި ވަނީ ބަހުސްކޮށްފައެވެ. އަދި އެއަށްފަހުގައި އެ ބިލް މަޖިލީހުން ބަލައިގަތުމަށް ފެންނަ ގޮތަކާއި މެދު ވޯޓަށް އަހާފައިވެއެވެ. ފެންނަ ކަމަށް 69 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަަމަށް 12 މެންބަރަކު ވޯޓު ދެއްވާފައިވެއެވެ. އެހެންކަމުން އެ ބިލު ވަނީ ދިރާސާކުރުމަށްޓަކައި މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މި އިސްލާޙު ގެނައުމުގެ ބިލު ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 75 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.

މި ބިލު ކޮމިޓީން ފާސްކުރި ގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކުރީ 78 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ،

އިތުރު ތަފްސީލު އަންނަނީ.......

https://int.etukuri.mv/
tel:+9607331319