logo

ޤާނޫނުއަސާސީ ދެމެހެއްޓޭނީ ފަރުދުން ޒިންމާ އަދާކޮށްގެން: ނައިބު ރައީސް

profile

އާމިނަތު ޝަފާ - 07 އޯގަސްޓު 2024 - 16:52

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ރައީސް މުއިއްޒާއެކު

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ރައީސް މުއިއްޒާއެކު

ޤާނޫނުއަސާސީ ނަގަހައްޓައި ދެމެހެއްޓޭނީ ވަކިވަކި ފަރުދުން އެ ޒިންމާ ފުރިހަމައަށް އަދާކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ފެހި ޤާނޫނުއަސާސީއަށް 16 އަހަރު ފުރޭ މުނާސަބަތުގެ ތަޙުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

ނައިބު ރައީސް ވިދާޅުވީ މިނިވަންކަމާއި އިސްތިޤްލާލު ރަމްޒުކޮށްދޭ މި ޤާނޫނުއަސާސީ ނަގަހައްޓައި ދެމެހެއްޓޭނީ ވަކިވަކި ފަރުދުން އެ ޒިންމާ ފުރިހަމައަށް އަދާކޮށްގެންކަމަށެވެ.

ގާނޫނު އަސާސީއަކީ ރައްޔިތުންގެ ބާރުކަމަށް ވިދާޅުވެ ނައިބު ރައީސް ވަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަން ތަކުރާރުކުރައްވައި އަދި މި ބާރުތައް ދެމިއޮންނާނީވެސް ރައްޔިތުންގެ ކިބައިގައިކަމަށް ވިދާޅުވެފައެވެ.

ފެހި ގާނޫނު އަސާސީ ތަސްދީގުކުރީ 2008 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 7 ވަނަ ދުވަހު ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.

https://int.etukuri.mv/
tel:+9607331319