
ހުޅުމާލޭގައި ހިންގަމުންދިޔަ ސެލޫންތަކެއް ބަލައިފާސްކޮށްފި

މުޙައްމަދު ފަޟްލޫން - 12 ޖެނުއަރީ 2026 - 10:55
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަތުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، އިއްޔެ ހުޅުމާލޭގެ ފަސް ސެލޫނެއް ބަލައި ފާސްކޮށްފިއެވެ.
ސްޕާ އަދި ސެލޫން ފަދަ ހިދުމަތްދޭ ތަންތަނަށް އަމާޒުކޮށް ހިންގި މި އޮޕަރޭޝަނަކީ، އެފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޓާސްކްފޯސްއިން ކުރިއަށް ގެންދިޔަ ހަރަކާތެއްް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މިހާތަނަށް ހިންގުނު އެކި ރެއިޑްތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ އިރު، ގަވާއިދާ ހިލާފުވި ފަރާތްތައް އަނބުރާ ގައުމަށް ފޮނުވާލުމުގެ އިދާރީ މަރުހަލާތައް މިހާރު ދަނީ ފުރިހަމަކުރަމުންނެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ އޮޕަރޭޝަންތައް ފުޅާދާއިރާއެއްގައި ކުރިއަށްދާއިރު، މާލޭގެ އާންމު ތަންތަނުގައި ބިދޭސީންގެ ހަރަކާތްތައް މޮނިޓަރުކޮށް، ގަވާއިދާ ހިލާފުވާ ފަރާތްތައް ދެނެގަތުމަށްޓަކައި އިމިގްރޭޝަނުން ދަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މަނީލޯންޑަރިންގެ ބޮޑެތި ވައްކަންތަކެއް- 53 ބޭންކް އެކައުންޓް ފްރީޒްކޮށްފި
8 ގަޑިއިރު ކުރިން

ވޯޓު މަރުކަޒުތަކަށް އޮފިޝަލުން ތަމްރީނުކުރުން- ހުވަދުއަތޮޅު ދެކުނުބުރީގެ ޕްރޮގްރާމުތައް
9 ގަޑިއިރު ކުރިން

ބަނގުރާފުޅިތަކާއެކު ހަތަރު މީހަކު ހައްޔަރު
9 ގަޑިއިރު ކުރިން

ސަރުކާރުގެ ޕޮލިޓިކަލް ޑައިރެކްޓަރު ވަކިކޮށްފި
10 ގަޑިއިރު ކުރިން


