ބޮޑެތި ޑިސްކައުންޓްތަަކާއިއެކު އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ރޯދަ ސޭލް ފަށައިފި

އައިޝަތު އިބްރާހިމް - 02 ފެބްރުއަރީ 2025 - 13:12
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ބޮޑެތި ޑިސްކައުންޓް ތަކާއިއެކު ކޮންމެ އަހަރަކުވެސް ބައްވާ "ރޯދަ ސޭލް"ގެ މި އަހަރުގެ ޕްރޮމޯޝަން ފަށައިފިއެވެ.
މިކަން ހާމަކޮށް އެސްޓީއޯއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ފަރާތުން 2025 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެސްޓީއޯ ކޮންސްޓްރަކްޝަންގެ ރޯދަ ސޭލް ޕްރޮމޯޝަން 2 ފެބްރުއަރީ 2025 ވަނަ ދުވަހު ވަނީ ފަށާފައިވާ ކަމަށެވެ. އަދި ފަހަރުގެ ސޭލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެސްޓީއޯގެ އިތުރުން ވެލިގާ ހާޑްވެއާ ވެސް ގުޅިގެންކަމަށެވެ.
މިޕްރޯމަޝަންގައި ކޮންމެ 500ރ ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެން ދާނެ ކަަމަށާއި، މި އަހަރުގެ ބޮޑު އިނާމެއްގެ ގޮތުގައި، ގުރުއަތުން ހޮވޭ އެއް ނަސީބުވެރިއަކަށް ބައިލައްކަ ރުފިޔާގެ އަގުހުރި މުދާ ލިބިގެން ދާނެ ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.
ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން ޚާއްޞަ ޑިސްކައުންޓް ކަސްޓަމަރުންނަށް ލިބިގެން ދާ މި ޕްރޮމޯޝަންގައި، . ނިޕޯން ޕެއިންޓް އިން 20 އިންސައްތަ އަދި މަކިޓާގެ ޕްރޮޑަކްޓްތަކުން 50އިން ސައްތައިގެ ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
މިސޭލް ކުރިއަށް ދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓް ތަކުގެ އިތުރުން ވެލިގާ ހާޑްވެއަރގެ އައުޓްލެޓް ތަކުގައެވެ. އަދި އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
މިއަދުން ފެށިގެން މާރޗް މަހުގެ 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި އަހަރުގެ ރޯދަ ސޭލް ފައްޓަވައިދެއްވީ ޑިރެކްޓަރ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް އަލްފާޟިލް މުހައްމަދު އީމާން އަދި ވެލިގާ ހާޑްވެއަރ ގެ ޑިރެކްޓަރ އަލްފާޟިލް ޒައިދު މުހައްމަދެވެ.