logo

އެސްޓީއޯހެލްތް ކެއަރ އިން ޕޮކެޓް ސައިޒްގެ ސްކޭން މޮޑެލްތަކެއް ތަޢާރަފް ކޮށްފި

profile

މުޙައްމަދު ފަޟްލޫން - 20 އޯގަސްޓު 2026 - 06:00

އަލްޓްރާ ސައުންޑް ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ޖީއީ ހެލްތްކެއަރ (GE Healthcare) އިން އަލަށް ބާޒާރަށް ނެރެފައިވާ ޕޯޓަބަލް އަލްޓްރާސައުންޑްގެ މޮޑެލް، ވީސްކޭން ( V Scan ) ގެ މޮޑެލްތައް އެސްޓީއޯއިން ރާއްޖެއަށް ތަޢާރަފް ކޮށްފިއެވެ

https://wamco.com.mv/

ހޮޓެލް ޖެންގައި ރޭ ބޭއްވުނު ހަފްލާގައި މިޑިވައިސް ތަޢާރަފް ކޮއްދެއްވީ، އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ، ޝިމާދު އިބްރާހިމް އަދި ޖީއީ ހެލްތްކެއަރ ގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫ އެވެ.

ސްކޭންގެ ޙިދުމަތް ދެވެމުންއައި ގޮތް، ކްލިނިކް ތަކުގެ ކޮންސަލްޓޭޝަން ރޫމްތަކުން ނުކުމެ، ޕޭޝަންޓާ ވީހާވެސް ކައިރިން ޙިދުމަތް ދިނުމުގައި، އަލަށް ތަޢާރަފް ކުރެވުނު މިމޮޑެލްތަކުން ވަރަށް ބޮޑު ދައުރެއް އަދާކުރާނެއެވެ.

ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ކުދިކުދި ރަށްރަށަށް މިޙިދުމަތް ފުޅާކުރުމުގައި މިއީ ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމުގައި އެސްޓީއޯގެ ހެލްތުކެއަރ ޓީމުން ގަބޫލުކުރެއެވެ.

މިމޮޑެލް ތަކުން އެޕަލް އަދި އެންޑްރޮއިޑްގެ ފޯނާއި ލެޕްޓޮޕަށް ގުޅާލެވި، ސްކޭންކުރާ އިމޭޖްތައް ޑިކޮމް (DICOM) ސްޓޭންޑަޑް ގައި ޝެއަރ ކުރެވޭނެއެވެ.

ސްކޭން މެޝިންގެ ބްރޭންޑު ތަކުގެ ތެރެއިން ޖީއީ ހެލްތްކެއަރ އަކީ ރޭޑިއޮލޮޖިސްޓުންގެ މެދުގައި މަގްބޫލު ބްރޭންޑެކެވެ.

ރާއްޖޭގެ ސިއްޙީ ޙިދުމަތްދޭ ހޮސްޕިޓަލްތަކުގައި މިހާރުވެސް ފުޅާދާއިރާއެއްގައި ބޭނުންކުރަމުން އަންނަ މި ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަކީ އެސްޓީއޯއެވެ. އަދި މިބްރޭންޑުގެ މެޝިނަރީސްގެ އަފްޓަރ ސޭލްސް ސަރވިސް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމުގެ ގޮތުން އެސްޓީއޯގެ ބަޔޯމެޑިކަލް ޓީމުންވަނީ ޖީއީ ހެލްތްކެއަރ ގެ ކޮންމެ މޮޑަލިޓީއަކަށް ހާއްސަ އިންޖިނިއަރެއް ތަމްރީނުކޮށް، މަސައްކަތަށް ނެރެފައެވެ.

މިގޮތުން އެމް.އާރު.އައި ، ސީޓީ، މެމޮގްރަފީ،އަދި އަލްޓްރާ ސައުންޑް ފަދަ ކޮންމެ މޮޑަލިޓީއަކަށް ސެޓިފައިޑް އިންޖިނިއަރުންގެ ޓީމެއް އޮތް އިރު، މިޓީމުގައި ދިވެހި އަންހެން އިންޖިނިއަރުން ތިބިކަން އެއީ އެސްޓީއޯއިން ފާހަގަކުރާ ކަމެކެވެ.

އެސްޓީއޯ ހެލްތް ކެއަރ އިން ތައާރަފްކުރި ޑިވައިސް އަކީވެސް އެސްޓީއޯއިން ރާއްޖޭގެ ސިއްޙީ ދާއިރާގެ ކުރިއެރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ސިއްހީ ދާއިރާއަށް ހާއްސަ އީޖާދީ އުފެއްދުންތައް ދިވެހީންނާ ހަމައަށް ގެނެސްދިނުމަށް ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

https://wamco.com.mv/
tel:+9607331319