logo

ސަޅިއޭ މަކީޓާ ޕްރޮމޯޝަން ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 20 އޯގަސްޓު 2026 - 10:27

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިޔުޝަންއިން މަކީޓާގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ސަޅިއޭ މަކީޓާ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެއްމަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ގުރުއަތުން އެއްވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް ބައިލައްކަ ރުފިޔާ ލިބިގެންދާނެއެވެ.

https://wamco.com.mv/

ޕްރޮމޯޝަންގައި 1000ރުފިޔާއިން މަތިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން ކޮންމެ ހަފްތާއަކު އެންމެ ގިނައިން ވިޔަފާރި ކުރައްވާ ކަސްޓަމަރުންނަށްހާއްސަ އިނާމްތަކެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން ހޮވާލެވިފައިވާ ބައެއް ޕްރޮޑަކްޓްތަކުން ޑިސްކައުންޓްވެސް ލިބިގެންދާނެއެވެ.

ޑިސްކައުންޓް ލިބިގެންދާނީ 8 ޕަރސަންޓް އިން ފެށިގެން 50 ޕަރަސަންޓްއާއި ދޭތެރޭގައެވެ.

މި ޕޮރޮމޯޝަންގެ ގުރުއަތުލުން އޮންނާނީ ޕްރޮމޯޝަން ނިމޭތާ ހަފްތާއެއްގެ ތެރޭގައެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މަކީޓާ ޝޯރޫމް މާލެއަދި ހުޅުމާލޭ ކޮންސްޓްރަކްޝަން ޝޯރޫމްގެ އިތުރުން ރީޖަނަލް ފިހާރަތަކުގައެވެ.

މިއީ ކޮންމެ އަހަރަކުވެސް އެސްޓީއޯ ކޮންސްޓަރަކްޝަން ސޮލިޔުޝަންގެ ފަރާތުން ކަސްޓަމަރުންނަށް މަކީޓަގެ އުފެއްދުންތައް އަގުހެޔެކޮށް ފޯރުކޮށްދިނުމަށާއި ކަސްޓަމަރުންނާ އޮންނަ ގުޅުން ރަނގަޅު ކުރުމަށްޓަކައި ބާއްވަމުންއަންނަ ޕްރޮމޯޝަނެކެވެ.

އެސްޓީއޯއިން މަކީޓާގެ އުފެއްދުންތައް ބާޒާރަށް ނެރޭތާ މިހާރުމިވަނީ 28 އަހަރުވެފައެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

https://wamco.com.mv/
tel:+9607331319