
ކަސްޓަމްސްގެ ދައުރު އާމްދަނީ އާއި ބޯޑަރު ބެލެހެއްޓުމަށްވުރެ، މަސްއޫލިއްޔަތުތައް މާ ފުޅާ: އިޙްސާން

އާމިނަތު ޝަޒްލާ - 20 އޯގަސްޓު 2026 - 11:09
ކަސްޓަމްސްއަކީ ހަމައެކަނި އާމްދަނީ ހޯދައި، ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގައި މީގެކުރިން ދެކެވުނުނަމަވެސް މިއަދު، ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް އެއަށްވުރެ މާފުޅާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
"ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން ކަސްޓަމްސް ސަބްގްރޫޕް"ގެ 14 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ކަސްޓަމްސް އުސޫލުތަކާއި ބޯޑަރުގެ ވަސީލަތްތައް ވަނީ ޒަމާނީކޮށްފައި ކަމަށާއި އަދި ސަރަޙައްދީ ވިޔަފާރި ބައްޓަންކުރާނެ ޑިޖިޓަލް ގުޅުންތަކަށް ކުރާ އިންވެސްޓްމަންޓްތައް ދަނީ އިތުރުކުރަމުން ކަމަށެވެ.
ނަމަވެސް، އުމްރާނީ ވަސީލަތްތަކުން އެކަނި ގުޅުންތެރިކަމެއް އުފެއްދިދާނެކަން ފާހަގަކުރައްވާ ވަޒީރު ވަނީ ނާކާމިޔާބު އުސޫލުތަކުގެ ސަބަބުން މުދާ ލަސްވާނަމަ، ޒަމާނީ ބަނދަރެއްގެ ފުރިހަމަ ފައިދާއެއް ނުނެގޭނެކަން ފާހަގަކުރައްވާފައެވެ.
އަދި ވަކިވެގަނެގެން ހިންގާނަމަ، ޑިޖިޓަލް ކަސްޓަމްސް ނިޒާމެއްގެ ފުރިހަމަ ފައިދާއެއް ނުލިބޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކަސްޓަމްސް އިދާރާތަކުން އެއްފަހަރާ ޤާނޫނީ ވިޔަފާރިއަށް މަގުފަހިކޮށްދީ، ގައުމީ އާމްދަނީ ރައްކާތެރިކޮށް، ޣައިރުގާނޫނީ ވިޔަފާރި ހުއްޓުވައި، ސަޕްލައި-ޗެއިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އަދި މުދާ އަވަހަށް އުފުލުމަށް މަގުފަހިކޮށްދޭން ޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޒީރު ވިދާޅުވީ މި އަމާޒުތަކަށް އެކުގައި ވާސިލުވުމަށް ޓެކްނޮލޮޖީގެ ސަބަބުން އަސާސީ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ޑިޖިޓަލް ކަސްޓަމްސް ނިޒާމުތައް، ނޭޝަނަލް ސިންގަލް ވިންޑޯ، އިލެކްޓްރޯނިކް ލިޔެކިޔުންތައް، އެޑްވާންސް އިންފޮމޭޝަން، އޮޓޯމޭޓެޑް ރިސްކް މެނޭޖްމަންޓް އަދި ޑޭޓާ އެނަލިޓިކްސްގެ ސަބަބުން ބޯޑަރު ހުރަސްކޮށް މުދާ އުފުލާ އުސޫލަށް ބޮޑު ބަދަލެއް ގެނެވިދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ދިވެހި ސަރުކާރާއި ދިވެހިރައްޔިތުންގެ ނަމުގައި، އެންމެހައި ޢިއްޒަތްތެރި މަންދޫބުންނަށް، ޚާއްޞަކޮށް ސަސެކް ސަރަޙައްދުގެ އެކި ގައުމުތަކުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ބައްދަލުވުމަކީ ޤާނޫނީ ވިޔަފާރި ފަސޭހަކޮށްދިނުމާއި، އަޅުގަނޑުމެންގެ ބޯޑަރުތައް ރައްކާތެރިކުރުމާއި، އަދި އިގްތިސާދުތައް ގުޅުވައިދޭ ޑިޖިޓަލް ވަސީލަތްތައް ބިނާކުރުމުގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތައް އެއްގަލަކަށް އަރުވައިދޭ ބައްދަލުވުމެކެވެ.
މި މަހުގެ 19 އިން 20ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ބަންގްލަދޭޝް، ބޫޓާން، ނޭޕާލްގެ އިތުރުން އިންޑިއާ އަސި ސްރީލަންކާއިން ބައިވެރިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ކޮންސިއުމަރ ޕްރޮޓެކްޝަން އަދި ޑިއު ޑިލިޖެންސް ގަވާއިދަށް ޚިޔާލު ހޯދަން އެމްއެމްއޭއިން ހުޅުވާލައިފި
ގަޑިއިރެއް ކުރިން
"ދެން ހުއްޓާލަމާ" ކެމްޕޭން ކާމިޔާބުކުރުމަށް މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވޭ: ގީލާ
ގަޑިއިރެއް ކުރިން
.jpeg&w=3840&q=75)
ދިގުރަށު އެމްއެންޔޫ ރީސާޗް ފެސިލިޓީއާއި ސްކޫލް އިމާރާތުގެ ސާމާނު އެރަށަށް ގެންގޮސްފި
2 ގަޑިއިރު ކުރިން
.webp&w=3840&q=75)
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ހުއްޓުމެއްނެތި ކުރިއަށް: އެމްއެންޑީއެފް
2 ގަޑިއިރު ކުރިން


