logo

ކޮންސިއުމަރ ޕްރޮޓެކްޝަން އަދި ޑިއު ޑިލިޖެންސް ގަވާއިދަށް ޚިޔާލު ހޯދަން އެމްއެމްއޭއިން ހުޅުވާލައިފި

profile

އާމިނަތު ޝަޒްލާ - 20 އޯގަސްޓު 2026 - 12:01

މާލީ ދާއިރާއާ ގުޅުންހުރި މުހިންމު ދެ ގަވާއިދެއް ކަމަށްވާ "ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަން" އަދި "ސިމްޕްލިފައިޑް އެންޑް އިލެކްޓްރޯނިކް ކަސްޓަމަރ ޑިއު ޑިލިޖެންސް ރެގިއުލޭޝަން" އަށް އާންމުންގެ ޚިޔާލު ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހުޅުވާލައިފިއެވެ.

https://wamco.com.mv/

އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ފައިނޭންޝަލް ކޮންސިއުމަރ ޕްރޮޓެކްޝަން ރެގިއުލޭޝަނަކީ ރާއްޖޭގައި މާލީ ޚިދުމަތްތައް ހޯދާ ފަރާތްތަކުގެ ޙައްޤުތައް ފުރިހަމައަށް ކަށަވަރުކޮށްދީ، އެ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަތިވެރި މަޤުޞަދުގައި އެކުލަވާލައިފައިވާ ގަވާއިދެކެވެ. މީގެއިތުރުން، ކަސްޓަމަރ ޑިއު ޑިލިޖެންސްގެ ގަވާއިދަކީ މަނީ ލޯންޑަރިންގއާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، މާލީ ޚިދުމަތް ހޯދާ ކަސްޓަމަރުންގެ ވަނަވަރު ދެނެގަތުމަށާއި، އެ މަޢުލޫމާތުތަކުގެ ޞައްޙަކަން ކަށަވަރުކުރުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި ޝަރުޠުތައް ތަފްޞީލުކޮށް ބަޔާންކުރުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.

މި ދެ ގަވާއިދުގެ ދެލިކޮޕީ އެކުލަވާލާފައިވަނީ މާލީ އިދާރާތަކާއި ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތަކުގެ ފުޅާ ދާއިރާއެއްގެ މަޝްވަރާއާއި ޚިޔާލާ އެކުގައެވެ.

އެމްއެމްއޭއިން ބުނިގޮތުގައި، މި ދެ ގަވާއިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު 26 އޮގަސްޓު 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. މި ގަވާއިދުތަކަށް ޚިޔާލު ފާޅުކުރަން ބޭނުންވާ ފަރާތްތަކުން އެމްއެމްއޭގެ އީމެއިލް އެޑްރެސް މެދުވެރިކޮށް ޚިޔާލު ހުށަހެޅުމަށް އެ އިދާރާއިން އެދެއެވެ.

މިފަދަ ގަވާއިދުތައް ހަރުދަނާކުރުމަކީ ރާއްޖޭގެ މާލީ ނިޒާމަށް އާންމުން ކުރާ އިތުބާރު ބޮޑުވެ، މާލީ މުއާމަލާތްތަކުގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމެކެވެ.

https://wamco.com.mv/
tel:+9607331319